Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައްޑޫ ސިޓީ

އައްޑޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހައިރިސްކު މީހެއް އެޑުމިޓުކޮށްފި

އައްޑޫ ސިޓީން ކޮވިޑް-19އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހަކު ހާލު ބޮޑުވުމުގެ ސަބަބުން ކޮވިޑް ފެސިލިޓީގައި އެޑުމިޓުކޮށްގެން ފަރުވާކުރަން ފަށައިފިއެވެ.
އައްޑޫ އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދިން ގޮތުގައި އެޑުމިޓުކޮށްފައިވަނީ އުމުރުން 79 އަހަރުގެ ހައިރިސްކު މީހެކެވެ. އައްޑޫ ކޮވިޑް މެނޭޖުމެންޓު ހޮސްޕިޓަލުގައި އޭނާ އެޑުމިކޮށް ފަރުވާކުރަން ފަށާފައިވަނީ ރޭގައެވެ.
އަދި އައްޑޫ ކޮވިޑް ފެސިލިޓީގައި މި ވަގުތު ފަރުވާ ދެމުންދާ މީހުންގެ ޢަދަދަކީ 3 މީހުން ކަމަށްވެސް އައްޑޫގެ އީއޯސީން ބުނެފައިވެއެވެ.
ރޭ ހަވީރު 6.00 އާ ހަމައަށް އައްޑޫ ސިޓީން 53 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރޭގައި ހިތަދޫއިން ޕޮޒިޓިވްވި 17 މީހަކާއި، ފޭދޫއިން ޕޮޒިޓިވްވި 7 މީހުންނާއި މަރުދޫ ފޭދޫން ޕޮޒިޓިވްވި 4 މީހުންނާއި ހުޅުދޫ މީދޫއިން ޕޮޒިޓިވްވި 25 މީހުން ހިމެނެއެވެ.
އައްޑޫގައި ކޮވިޑް-19 ހަލުއިކަމާއެކު ފެތުރެން ފެށުމާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން މުޅި ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސް އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން މަނާކޮށް ރޭގަނޑު 8.00 އިން ފެށިގެން ކާފިއު ހިންގާފައިވެއެވެ.
މި ލިއުމާއި ގުޅޭ