Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

ރައްކާތެރިކަމުގެ ފިޔަވަޅު އެންމެ ރަނގަޅު ކަމަށް ޓެގް ޓީމަށް ފާހަގަވީ ސްކޫލުތައް

ނުރައްކާތެރި ކޮވިޑް19 އިން ސަލާމަތްވުމުގެ ގޮތުން އަޅަމުން ގެންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ރަނގަޅު ކަމަށް ފާހަގަވެފައި ވަނީ ސްކޫލުތަކުގައި ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޭ ވާހަކަދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ ކޮވިޑް19 މާލެ ސަރަހައްދުގައި ފެތުރެމުން އަންނާތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނައިރު ސްކޫލުތައް ބަންދު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރޭގެ ނޫސްވެރިންގެ ބައްދަލުވުން ނިމުނުތަނާހެން އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ގްރޭޑް 6އިން ދަށުގެ ކުދިންނަށް ދެ ހަފްތާ ވަންދެން ދެން ކިޔެވުން އޮންނާނީ އޮންލައިންކޮށް ކަމަށް ބުނެފައެވެ.
އަލީ ލަތީފް ވިދާޅުވީ ސްކޫލަކީ ކޮންޓްރޯލް އެންވަޔަރްމަންޓެއް ކަމަށެވެ. އަދި އެ އެންވަޔަރްމަންޓުގައި އެންމެ ރަނގަޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނަގާ ކަމަށް ފާހަގަކުރެވުނީ ސްކޫލުތަކުން ކަމަށާއި ސީދާ ސްކޫލުން ބަލި ފެތުރިފައި އޮތް ކަމަށް ފާހަގަ ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
އަލީ ލަތީފް ވިދާޅުވީ މީގެކުރިން ކޮވިޑާއި ގުޅިގެން އަޅާފައިާ ފިޔަވަޅުތަކަށް ލުއި ދިނީ ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު މަދުވާތީ ކަމަށެވެ. ނަމަވެސް އެ އަދަދު ކުއްލި އަކަށް އިތުރުވެގެން ހިނގައިދާނެކަން ކުރީން ވެސް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100އިން މަތީގައި އުޅޭއިރު އެންމެ ގިނަ މީހުން ޕޮޒިޓިވް ވަނީ މާލެ ސަރަހައްދުންނެވެ. އެހެންކަމުން މާލޭގައި ހަވީރު 7 އިން ހެނދުނު 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް 10 މީހުންނަށްވުރެ ގިނައިން އެއްފަހަރާ މީހުން އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.
މި ލިއުމާއި ގުޅޭ