Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ކުރީގެ މެމްބަރު ރުކުމާގެ ތާއީދު ޑރ.މުއިއްޒަށް

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބުދުލްކަރީމް (ރުކުމާ) ތާއީދުކުރައްވައިފިއެވެ.

ރުކުމާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާ މަޝްރޫއުގައި އިމާރާތްކުރި 7،000 ފްލެޓް ދިނުމުގައި ސަރުކާރުން އަމަލު ކުރިގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އިއްޔެ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ޑރ.މުއިއްޒު ބައިވެރިވެވަޑައިގަތުމަކީ މާލޭ ރައްޔިތުން އެކަނި ދޫނުކޮށްލާނެ ކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ. އަދި ޑރ.މުއިއްޒަށް ވޯޓުލުމަށް ރުކުމާ ގޮވާލައްވާފައިވެއެވެ. މީގެ އިތުރުން ރުކުމާ ވިދާޅުވީ ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ކުރިން ދީފައިވާ ޕޮއިންޓު މަޤްބޫލު އުޒުރެއް ނެތި މަދުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ވަރުގަދަ ހައުސިން މަޝްރޫއު ކަމުގައިވާ ހިޔާ މަޝްރޫއު ހިންގެވިއިރު ހައުސިން މިނިސްޓަރަކީ ޑރ.މުއިއްޒުއެވެ. އަދި އޭރު ސަރުކާރުން ފްލެޓު ދީފައިވަނީ އެންމެ ހައްޤުވެރިންނަށް ކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރު ނިމުމުގެ ކުރިން އެ ސަރުކާރުން ވަނީ ފްލެޓަށް އެދުނު މީހުންގެ ތެރެއިން 7000 މީހުންނަށް ފްލެޓު ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އެހެން ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ އޭރު ފްލެޓު ދިނީ ހައްޤުވެރިންނަށް ނޫން ކަމަށް ބުނެ ކޮމިޓީއެއް ހަދާ އަލުން ފްލެޓުތައް ދީފައެވެ. އަދި ފްލެޓުތައް ދިން އިރު، ކުރިން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ވަރަށް ދަތި ހާލުގައި އުޅޭ ފަރާތްތަކަށްވެސް ފްލެޓު ނުލިބޭ ކަމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ޑރ.މުއިއްޒު ވަނީ ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ފްލެޓު ދޭނީ އެ ފަރާތްތަކަށް ކަމަށް ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ