Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

ކޮވިޑު-19: މިއަދު ޕޮޒިޓިވްވީ 120 މީހުން

ފާއިތުވި 24 ގަޑިއިރުވެސް ގިނަ އަދަދަކަށް މީހުން ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު 18:00 ގެ ނިޔަލަށް މުޅި ރާއްޖެއިން 120 މީހުން ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 99 މީހުންނާއި، މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 8 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 3 މީހުންނެވެ.
މިވަގުތު ކޮވިޑު-19 ގެ އެކްޓިވް ކޭސްތައް 2302 އަށް އަރާފައިވާއިރު ހޮސްޕިޓަލުގައި 206 މީހުންނަށް ދަނީ ފަރުވާދެމުންނެވެ. އަދި ކޮވިޑު-19 ޖެހިގެން މިހާތަނަށް 56 މީހަކު ވަނީ ނިޔާވެފައެވެ.
މި ލިއުމާއި ގުޅޭ