Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސްގެ ކޮއްކޮގެ މިލްކިއްޔާތުގައި 20 މިލިއަން، ކުއްލިއަކަށް މާލީ ބަޔާން ގެއްލިއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޕްރެޒިޑެންޝަލް ސެކޭޓްރިއޭޓު އެންޑް ޕްރޮޓޮކޯލުގެ މަޤާމުގައި ސްޓޭޓު މިނިސްޓަރުގެ ފެންވަރުގައި ހުންނެވި އެމަނިކުފާނުގެ ކޮއްކޮ ފާޠިމަތު މުޙައްމަދު ޞާލިޙުގެ މާލީ ބަޔާން މިއަދު ކުއްލި ގޮތަކަށް ރައީސް އޮފީހުގެ ވެބްސައިޓުން އުނިކޮށްފިއެވެ.
ރައީސް ޞާލިޙުގެ ކޮއްކޮ ފާޠިމަތު މުޙައްމަދު ޞާލިޙަކީ ރައީސް ޔާމީނުގެ ވެރިކަމުގައިވެސް ސެކްރެޓޭރިއެޓް އެންޑް ޕްރޮޓޮކޯލުގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ. އެކަމަނާގެ މާލީ ބަޔާން ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 09 ވަނަ ދުވަހުގައެވެ. އެ މާލީ ބަޔާނުގައި އެކަމަނާގެ މިލްކިއްޔާތުގައި ހިމެނޭ ފައިސާއާއި އިމާރާތްތަކުގެ ތަފުސީލު ހިމަނާފައިވެއެވެ.
އެކަމަނާގެ މިލްކިއްޔާތުގައި ހުރި މުދަލުގެ ތެރޭގައި 20 މިލިއަން ރުފިޔާގެ އަގުހުރި އިމާރާތެއް ހިމެނެއެވެ. ނަމަވެސް އެއީ ކޮން އިމާރާތެއްކަން މާލީ ބަޔާނުގައި ބަޔާންކޮށްފައިނުވެއެވެ. 20 މިލިއަން ރުފިޔާގެ އިމާރާތުގެ އިތުރަށް އެކަމަނާގެ އެކައުންޓުގައި 700،000 (ހަތްލައްކަ) ދިވެހި ރުފިޔާ ހުރިކަންވެސް މާލީ ބަޔާނުން ހާމަވެއެވެ.
ފާޠިމަތު މުޙައްމަދު ޞާލިޙުގެ މާލީ ބަޔާން އެންމެ ފަހުން ރައީސް އޮފީހުގެ ވެބްސައިޓުން ފެނިފައިވަނީ 10 ފެބްރުއަރީ 2021 ގައެވެ. މިއަދު ކުއްލިއަކަށް އެ ބަޔާން ނަގާފައިވަނީ ކީއްވެކަމެއް ސާފެއް ނޫނެވެ.
ފާޠިމަތު މުޙައްމަދު ޞާލިޙުގެ މާލީ ބަޔާން ރައީސް އޮފީހުގެ ވެބްސައިޓުން ކުއްލިއަކަށް އުނިކޮށްފައިވާއިރު، ރައީސް ޞާލިހުގެ ދައްތަ ޢާއިޝާތު މުޙައްމަދު ޞާލިޙަށް ހިޔާ ފުލެޓުތަކުގެ ތެރެއިން ފުލެޓެއް ލިބިވަޑައިގެންފައިވާކަން ވަނީ މީޑިޔާތަކަށް ތިލަވެފައެވެ. އަދި އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލާއަކީ ވަރަށް މުއްސަނދި ތަނަވަސް އާއިލާއެކެވެ. މިގޮތުން ރައީސްގެ ބައްޕަ އަކީ އެއްޒަމާނެއްގައި ޅަވިޔަނި އަތޮޅުގައި ހުރި އެންމެ ބޮޑު ވިޔަފާރިވެރިޔާއެވެ.
މި ލިއުމާއި ގުޅޭ