Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓެރަރިޒަމް

ނަޒީރާއި މިޞްބާޙު ޠާލިބާނުގެ ޓްރެއިނިން ހެއްދެވިތޯ ބަލަން ރައީސް ނަޝީދު އަންގަވައިފި

ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޢަލީ ނަޒީރާއި މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުގެ މެންބަރު މިޞްބާޙު ޢައްބާސް ޠާލިބާނާއެކު ތަމްރީނުތަކެއް ހައްދަވާފައިވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު އުފެއްދެވި ސުވާލަކާ ގުޅިގެންނެވެ. އެގޮތުން ޝިޔާމު ސުވާލުކުރައްވާފައިވަނީ މަރު ކޮމިޝަނުގެ މެންބަރު މިޞްބާޙު އައްބާސް އަދި ކައުންޓާ ޓެރަރިޒަމް ބޯޑުގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ސްޓޭޓު މިނިސްޓަރު ޢަލީ ނަޒީރުވެސް ޠާލިބާނާއެކު ތަމްރީނުތަކެއް ހަދާފައިވޭތޯ ބަލަންޖެހޭ ކަމުގައެވެ.
މިފަދައިން ވިދާޅުވެ ޝިޔާމުގެ ވާހަކަފުޅު ފުރިހަމަކުރެއްވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މިޞްބާޙު ޢައްބާސް އަދި ޢަލީ ނަޒީރަކީ ޠާލިބާނުގެ ތަމްރީނުތައް ފުރިހަމަކޮށްފައިވާ ބޭފުޅެއްތޯ ދައުލަތުގެ އިދާރާތަކުން ބަލައިދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ އަމީން ޢާންމުގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށެވެ.
މީސްމީޑިޔާގައި މީގެ ކުރިންވެސް ޢަލީ ނަޒީރަކީ ޓެރަރިސްޓު ޖަމާޢަތްތަކާ ކުރިން ގުޅުން އޮތް ބޭފުޅެއް ކަމުގައި ބުނެ މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް ވިދާޅުވީ އެ ދެ ބޭފުޅުންނަކީ އެ ބާވަތުގެ ވިސްނުމަށް ލިބިވަޑައިގެންފައިވާ ދެ ބޭފުޅުންތޯ ބެލުމަކީ މަޖިލިހުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މި ލިއުމާއި ގުޅޭ