Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ރެހެންދި އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އަންހެން ކަނބަލުން ގައުމީ ހިދުމަތުގައި އެކި ދާއިރާތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ދެމުން ގެންދާ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖެންޑާ މިނިސްޓްރީ އިން ބުނީ އެ އެވޯޑަށް މިމަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށެވެ. ޖެންޑާ އިން ބުނީ އެ އެވޯޑަށް ކުރިމަތިލެވޭނީ އަމިއްލަ އަށް ނަން ހުށަހަޅައިގެން ކަމަށެވެ. އަދި އެހެން ފަރާތަކުން ނަން ނޮމިނޭޓު ކޮށްގެން ވެސް ހުށަހެޅޭނެ ކަމަށް ޖެންޑާ އިން ބުންޏެވެ. އަދި ބުނީ ކުލަބު ޖަމިއްޔާ ޖަމާއަތްތަކުން ވެސް އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ރެހެނދި އެވޯޑު ދިނުމުގެ މަގުސަދެއް ކަމަށް ޖެންޑާ އިން ބުނީ ރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކުގެ އަގަވަޒަން ކުރުން ކަމަށެވެ.
މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދޭން ފެށި އެވޯޑެކެވެ. މި އެވޯޑު އެންމެ ފުރަތަމަ ދޭން ފަށާފައި ވަނީ 2014ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މެދު ކެނޑުމެއް ނެތި އަންނަނީ މި އެވޯޑު ދެމުންނެވެ. ރާއްޖޭގައި އަންހެން ކަނބަލުން މިހާރު އަންނަނީ އެކި ދާއިރާތަކުން ތަފާތު އެކި ވަނަތައް ހާސިލް ކުރަމުންނެވެ. އަދި ސިޔާސީ ދާއިރާއިން ވެސް އަންހެން ކަނބަލުން ހިއްސާ އޮންނަ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.
މި ލިއުމާއި ގުޅޭ