Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނަރެންދުރަ މޯދި

ބައިޑަންއާއި މޯދީ ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވައިފި

އެމެރިކާގެ އާ ރައީސް ޖޯ ބައިޑަންއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެ ބޭފުޅުން ގުޅުއްވާ މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
ދެބޭފުޅުން ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި، ދެ ޤައުމުން ގުޅިގެން ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ދުނިޔޭގެ ފެންވަރުގައި އެކުގައި މަސައްކަތްކުރުން ހިމެނެއެވެ.
އޭގެ އިތުރުންވެސް މިއަންމާގައި ދާދި ފަހުން ގެނެވުނު އަޝްކަރީ އިންގިލާބަށް ފަހު އެ ޤައުމަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމާއި އަދި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކާއި ގުޅިގެންވެސް ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.
ދެ ޤައުމުގެ އެންމެ އިސްވެރިންގެ މެދުގައި ބޭއްވުނު މަޝްވަރާތަކުގައި، ހުޅުވާލެވިފައިވާ މިނިވަން ސަރަހައްދަކަށް އިންޑޯ ޕެސިޕިކް ހެދުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށާއި، އަޝްކަރީގޮތުން ދެޤައުމުން އެއްބާރުލުން އިތުރުކުރުމަށްވެސް ވާހަކަ ދެކެވުނުކަމަށް ވައިޓްހައުސްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ