Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ އިކްރާމް

އިކްރާމްގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަން މަޖިލީހުން ނިންމައިފި

މޯލްޑިވް ގޭސްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުގައި ހުންނެވި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމްގެ ޖިންސީ ފުރައްސާރަައިގެ މައްސަލައަކާއި މޯލްޑިވް ގޭސްއަށް އޮކްސިޖަން ސިލިންޑަރު ސަޕްލައިކުރި ފަރާތުގެ ހަރަދުގައި އިކްރާމް ސިންގަޕޫރަށް ދަތުރު ކުރަވާއްފައިވާ ކަމަށް ކުރާ ތުހުމަތުތަކުގެ މައްސަލަ ބަލަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް (އެސްއޯއީ) ކޮމެޓީން ނިންމައިފިއެވެ.
ސިލިންޑަރު ސަޕްލަޔަރުގެ ހަރަދުގައި ސިންގަޕޫރަށް ދަތުރުކުރެއްވި މައްސަލަ ކޮމިޓީއަށް ހުށަހެޅީ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބޮންޑޭއެވެ. އެ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވަނިކޮށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ އިކްރާމްއަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަވެސް ބެލުމަށް އެދިވަޑައިގެންފައެވެ. ކޮމިޓީން ވަނީ އެ މައްސަލަ ބެލުމަށް ވެސް މިއަދު ފާސްކޮށްފައެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލައާއި ގުޅިގެން އިކްރާމް މިހާރުވެސް ސަސްޕެންޑުކޮށްފައިވާއިރު މޯލްޑިވް ގޭހުގެ މައި ކުންފުނި އެސްޓީއޯ އިން ދަނީ އެ މައްސަލަ ބަލަމުންނެވެ.
އިކްރާމް ސަސްޕެންޑު ކުރަން ނިންމީ އެސްޓީއޯގެ ބޯޑުންނެވެ. އަދި އިކްރާމްގެ މައްސަލަ ބޯޑަށް ހުށަހެޅީ އަންހެން މުވައްޒަފަށް އޭނާ ފޮނުވި މެސެޖުތަކާއި ބައެއް ފޮޓޯތަކާއިވެސް އެކުގައެވެ. ކުންފުނީގެ ބޯޑުން އޭނާ 2 ހަފްތާއަށް ސަސްޕެންޑު ކުރުމަށްފަހު ކުންފުނި ވަގުތީގޮތުން ހިންގުމަށް މިހާރު ހަވާލުކޮށްފައިވަނީ ޗީފް ފައިނޭންޝިއަލް އޮފިސަރު އަހްމަދު ސާލިމް އާއިވެ.

މި މައްސަލަ ކުންފުނީގެ ބޯޑަށް ހުށަހަޅަން އެ މުވައްޒަފު މަސައްކަތް ކުރުމުން އިކްރާމް ވަނީ އެ މުވައްޒަފަށް އިންޒާރުވެސް ދީފައެވެ. އަދި އޭނާ އަކީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ ގާތް މީހެއް ކަމަށާއި އެއްވެސް ފަރާތަކަށް ފިޔަވަޅު ނޭޅޭނެ ކަމަށް ވެސް ބުނެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އިކްރާމް އަކީ އެމްޑީޕީއިން ލަންކާގައި ސިޔާސީ ހަރަކާތްތައް ހިންގި އިރު މެޑަމް ފަޒްނާ އާއި ވަރަށް އަރިސްކޮށް އުޅުނު ފަރާތެކެވެ.
މި ލިއުމާއި ގުޅޭ