Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބާ ކައުންސިލް

ޝުޖާއު އުސްމާންގެ މައްސަލައެއް ބާ ކައުންސިލަށް ހުށަހަޅައިފި

ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ މައްސަލައެއް ބާ ކައުންސިލުން ބަލަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޖާއުގެ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅީ ދިވެހިރާއްޖޭގެ ހައިކޯޓުންނެވެ. އަދި އެކަމާއި ގުޅިގެން ބާ ކައުންސިލުން ވަނީ އެ މައްސަލާގައި ބަޔާނެއް ނެގުމަށް ޝުޖާއު އެ ކައުންސިލަށް ހާޒިރުވުމަށް އަންގައި ޗިޓެއް ފޮނުވާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހައިކޯޓުން ޝުޖާއުގެ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅީ ހައިކޯޓަށް ރައްދުވާ ގޮތަށް ޝުޖާއު ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.
ޝުޖާއު އުސްމާނު ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް ޖުޑިޝަލް ސާވިސް ކޮމިޝާނުން ޝުޖާއުގެ މައްސަލައެއް ބަލައި، މަޤާމުން ވަކިކުރަން ނިންމައި މަޖިލީހަށް ހުށަހަޅާފައިވަނިކޮށް އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މި ލިއުމާއި ގުޅޭ