Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

ރިސޯޓު މުވައްޒަފުންނާމެދުގައި ސަރުކާރުންވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި: ޝިޔާމް

ރިސޯޓުތަކުގެ މުވައްޒަފުންނާމެދު ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާތަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް އިދިކޮޅު ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފު ޢުމަރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ. މި ކުއްލި މައްސަލައަކީ މާލެ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވައިލާ ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.
މި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ނުރައްކާތެރި ޙާލަތުގައިވެސް އެއް ބައަކަށް އެންމެ ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި މަސައްކަތްކުރާ ދިވެހި ޒުވާނުންކަން ފާހަގަކުރައްވާ ކަމަށެވެ. އަދި ޝިޔާމު ވިދާޅުވީ ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނާމެދު އިހުމާލުވަނީ ހަމައެކަނި ސަރުކާރުން ނޫން ކަމަށެވެ.
ސަރުކާރާ ގުޅިފައިވާ ރިސޯޓު އޯނަރުންވެސް ފަތުރުވެރިކަމުގައި މަސައްކަތްކުރާ ޒުވާނުންނާމެދު މުއާމަލާތްކުރަނީ ވަރަށް އިހާނެތިކޮށް ކަމަށާއި، އެ މުވައްޒަފުންނާމެދު ވަރަށް ބޮޑަށް އިހުމާލުވާ މަންޒަރު ފެންނަ ކަމުގައިވެސް ޝިޔާމު ފާހަގަކުރެއްވިއެވެ.
ޝިޔާމު އިތުރަށް ވިދާޅުވީ މިހާރުވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުން ބޭނުންކުރަމުންދާ އިންތިޒާމުތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަންކަން ކަމަށެވެ. އަދި އެ ކަންކަން އިސްލާހުކޮށް ބަދަލުކުރަންޖެހޭ ކަމަށްވެސް ޝިޔާމު ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ