Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

ކޮވިޑު-19: ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވެއްޖެ

ދިވެހިރާއްޖޭގައި ކޮވިޑު-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު 18:00 ގެ ނިޔަލަށް 193 މީހުންނަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. އިއްޔެ އެ އަދަދު ހުރީ 173 ގައެވެ. އެހެން ކަމުން 24 ގަޑިއިރު ތެރޭގައި 15 މީހުން ވަނީ އިތުރަށް އެޑްމިޓްވެފައެވެ. އެޗްޕީއޭ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 22 މީހުން އެޑްމިޓްކުރެވެއެވެ.
ފާއިތުވި 24 ގަޑިއިރަށް ބަލާއިރު މުޅި ރާއްޖެއިން 134 އާ ކޭސް ފެނިފައިވެއެވެ. އޭގެ ތެރޭގައި މާލެއިން 110 ކޭސް، ރަށްރަށުން 20 ކޭސް، އަަދި ރިސޯޓުތަކުން 7 ކޭސް ފެނިފައިވެއެވެ. އަދި މުޅި ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 2014 އަށް އަރާފައެވެ.
މިހާތަނަށް ރާޢްޖެއިން ކޮވިޑު-19 ޖެހިގެން 54 މީހުން ނިޔާވެފައިވާއިރު އެންމެ ފަހުން މީހަކު ނިޔާވީ އިއްޔެގެ ވަގުތެއްގައެވެ.
މި ލިއުމާއި ގުޅޭ