Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިޔާސީ މަޤާމު

އެކައުންޓުގައި 362 މިލިއަން ރުފިޔާ ހުރިކަމަށް ދެއްކީ ލިޔުމުގެ ކުށަކުން: ޝިހާބް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެޑްވައިޒަރު މުހައްމަދު ޝިހާބުގެ އެކައުންޓުގައި 362 މިލިއަން ރުފިޔާ ހުރިކަމަށް އޭނާގެ މާލީ ބަޔާނުން ފެންނަން އޮތީ ލިޔުމުގެ ކުށަކުން ކަމުގައި ޝިހާބު ވިދާޅުވެއްޖެ ކަމަށް "މިހާރު" ނޫހުން ރިޕޯޓުކޮށްފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ޝިހާބުގެ އެސެޓް ޑިކްލެރޭޝަން ފޯމުގައި ވާގޮތުން 27 ފެބްރުއަރީ 2020 ގެ ނިޔަލަށް ޝިހާބުގެ ބޭންކް އޮފް މޯލްޑިވްސް ގެ ރުފިޔާ އެކައުންޓެއްގައި 362،015،022.00 ( ތިންސަތޭކަ ފަސްދޮޅަސް ދެ މިލިޔަން ފަނަރަ ހާސް ބާވީސް ) ރުފިޔާ ހުއްޓެވެ. އަދި ޑޮަލަރު އެކައުންޓުގައި 18،129.76 ޑޮލަރު ހުއްޓެވެ.
ޝިހާބާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަސްލު މާލީ ބަޔާނުގައި ހުންނަން ޖެހޭ އަދަދަކީ 362،015.022.ރ ( ތިން ލައްކަ ފަސްދޮޅަސް ދެހާސް ފަަނަރަ ރުފިޔާ ބާވީސް ލާރި) ކަމަށެވެ.
އެހާ ގިނަ އަދަދެއްގެ ފައިސާ ޝިހާބުގެ އެކައުންޓުގައި ހުރުމުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ބައެއް ފަރާތްތަކުން ވަނީ ޝިހާބު ރައީސް ސޯލިހަށް މަނީ ލޯންޑާ ކުރައްވަނީތޯވެސް އަހާފައެވެ. ރައީސް ސޯލިހާއި ޝިހާބާއި ދެ ބޭފުޅުންނަކީ އެކުގައި ގިނަ ދުވަހު މަޖިލީސް މެމްބަރުކަން ކުރެއްވިއެވެ. އަދި އެ ދެބޭފުޅުންނަކީ ވަރަށް ގާތް ދެބޭފުޅުންނެވެ.
ލިޔުމުގެ އެހާ ބޮޑު ކުށެއް މާލީ ބަޔާނުގައި ޖެހިފައިވާއިރު، ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާންތަކާއި މެދު ސައްހަކަމާއި މެދު ސުވާލު އުފައްދާނެ ޖާގަ އޮތް ކަން ފާހަގަކުރެވެއެވެ. ސަރުކާރުގެ އިސްވެރިންގެ އަމިއްލަ އިސް ނެގުމުގެ މަތިން މާލީ ބަޔާން ހާމަކުރި ނަމަވެސް މާލީ ބަޔާން ތައްޔާރުކޮށްފައި އޮންނަނީ އަމިއްލައަށެވެ. އަދި އެކަން ކުރުމުގައި އޮޑިޓު ފާމުތައް ބޭނުން ނުކުރާއިރު، މާލީ ބަޔާނުގެ ސައްހަކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއްވެސް ނޯވެއެވެ.
މާލީ ބަޔާން ދައްކާގޮތުން ޝިހާބުގެ މިލްކިއްޔާތުގައި މިވަގުތު ހުރީ 2 ސައިކަލާއި، ލ.ގަމުން ގޯައްޗަކާއި، ބީއެމްއެލްގެ 2880 ހިއްސާ، ދިރާގުގެ 2500 ހިއްސާ އަދި އެމްޓީޑީސީ ގެ 3300 ހިއްސާއެވެ.

އަދި އެސެޓް ޑިކްލެރޭޝަން ފޯމް އާންމު ކުރެއްވުމުގެ 6 މަސް ކުރިއަށް ޝިހާބަށް މުސާރައިގެ ގޮތުގައި 224،789 ރުފިޔާ، ލޯނު އިންޓަރެސްޓުގެ ގޮތުގައި 172،474 ރުފިޔާ އަދި ގޯތި ކުއްޔަށް ދީގެން 72،000 ރުފިޔާ ލިބިފައިވެއެވެ.
މި ލިއުމާއި ގުޅޭ