Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސައުތެމްޕްޓަން ކޮޅަށް ޖެހި ލަނޑު ފުންޏާއެކު ޔުނައިޓެޑަށް ފާޑުކިޔާ މީހުންނަށް ރައްދު

އޯލް ގުނާ ސޯލްޝްޖާގެ ކުޅުންތެރިން ރޭ މެޗުގައި ދެއްކި ކުޅުމާއި ޖެހި ލަނޑުތަކުގެ އަދަދަކީ، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ ޚިޔާލަށް މީގެ ކުރިން ގެނެވިފައިވާނެ ކަމެއް ކަމުގައި ނުފެނެއެވެ.
ރާގެ މެޗާއެކު މެންޗެސްޓާ ޔުނައިޓެޑްވަނީ ތާރީޚުގެ ތެރެއަށް ވަދެފައެވެ. ޕްރިމިއާ ލީގުގެ ތާރީޚުގައި އެންމެ ތަފާތު ބޮޑު މޮޅު ކާމިޔާބުކުރި ދެ ޓީމުގެ ތެރެއިން އެއް ޓީމަކީ މިހާރު މެންޗެސްޓާ ޔުނައިޓެޑުގެ މި ޓީމެވެ. އެއީ ސައުތެމްޕްޓަން ކޮޅަށް 9 ލަނޑު ޖަހައިގެންނެވެ. ސައުތެމްޕްޓަނަށް ރައްދުގައި އެންމެ ލަނޑެއްވެސް ނުޖެހުނެވެ.
ރޭގެ މެޗުގައި 9 ލަނޑުން ޔުނައިޓެޑް މޮޅުވިއިރު، މެޗު ނިމުނުއިރު ދަނޑުގައި ތިބީ ސައުތެމްޕްޓަނުގެ 9 ކުޅުންތެރިންނެވެ. ރޭގެ މެޗުގައި ޔުނައިޓެޑުގެ ކުޅުންތެރިން ކިބައިން ފެނުނީ ހިފަހެއްޓުމެއް ނެތި ކުރިއަށްދާން ބޭނުންވާވުމެވެ.
ފާއިތުވި ހަފުތާގައި ޝެފީލްޑް ޔުނައިޓެޑާ ވާދަކޮށް ބަލިވުމާއި އާސެނަލްއާ އެއްވަރުވުމުގެ ސަބަބުން އެ ޓީމުގެ ޤާބިލުކަމާމެދު ސުވާލުތަކެއް އުފެދިފައިވަނިކޮށް ރޭގެ މެޗުގައި ޔުނައިޓެޑުގެ ކުޅުންތެރިންވަނީ، ފަސް ތަރީގެ ކުޅުމެއް ދައްކައި ލީގުގެ އެއްވަނަ ހޯދުމަށް އެ ޓީމުން މަސައްކަތްކުރާނެކަން ދައްކައިދީފައެވެ.
ޔުނައިޓެޑުގެ މޮޅާއެކުވެސް ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ ފުރުޞަތު އެންމެ ބޮޑު ޓީމެއްގެ ގޮތުގައި ފެންނަނީ މެންޗެސްޓާ ސިޓީއެވެ. ޕެޕް ގާޑިއޯލާގެ ޤިޔާދަތުގައި އެ ޓީމުން މިހާތަނަށްވަނީ ޖެހިޖެހިގެން 8 މެޗު ކާމިޔާބުކޮށްފައެވެ.
މި ލިއުމާއި ގުޅޭ