Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ނޭމާ ޕީއެސްޖީގައި މަޑުކުރަން ނިންމައި، އެމްބައްޕޭ ކިބައިން މަޑުކުރަން އެދިއްޖެ

ޕެރިސް ސައިން-ޖަމާން (ޕީއެސްޖީ) ދޫކޮށް އެހެން ޓީމަކަށް ދިއުމުގެ ވިސްނުން ނުގެންގުޅޭކަން އެ ޓީމުގެ ފޯވާޑު ނޭމާ ހާމަކޮށް، އޭނާއާއެކު އެ ޓީމުގެ ކުރިއަށް ކުޅޭ ޒުވާން ކުޅުންތެރިޔާ ކިލިއަން އެމްބައްޕޭ ކިބައިން ޓީމުގައި މަޑުކޮށްދިނުމަށް އެދިއްޖެއެވެ.
ފްރާންސްގެ އެންމެ ވަރުގަދަ ޓީމު ކަމުގައިވާ ޕީއެސްޖީ ދޫކޮށް ނެއިމާ ހިނގައިދާނެ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް ނޭމާވަނީ އޭނާ އެ ޓީމުގައި މަޑުކުރާނެކަން ކަށަވަރުކޮށްދީފައެވެ. އާދީއްތަ ދުވަހު ލޮރިއެންޓްއާ ދެކޮޅަށް ކުޅުނު މެޗުގައި މީގެ ކުރިން ސަންޓޯސްއާއި ބާސެލޯނާއަށް ކުޅުނު ނޭމާވަނީ ދެ ގޯލު ޕީއެސްޖީއަށް ކާމިޔާބުކޮށްދީފައެވެ.
ދެ ގޯލު ކާމިޔާބުކޮށްދިން ނަމަވެސް އެ މެޗު ނިމިގެން ދިޔައީ ޕީއެސްޖީ ބަލިވެގެންނެވެ. ލީގުގެ ތާވަލު ފުލުގައި އޮތް ޓީމު އަތުން ޕީއެސްޖީ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.
ނެއިމާ ބާސެލޯނާއަށް އަނބުރާ ހިނގައިދާނެ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި ޕީއެސްޖީގައި މަޑުކުރާނެ ކަމުގެ ޔަޤީންކަން ނެއިމާގެ ފަރާތުން ލިބުމަކީ ޕީއެސްޖީގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެކެވެ.
ކިލިއަން އެމްބައްޕޭ ކިބައިން ޓީމުގައި މަޑުކޮށްދިނުމަށް އެދިފައިވީ ނަމަވެސް ޒުވާން ހުނަރުވެރިޔާގެ މުސްތަޤުބަލު އަދި ކަށަވަރުނުވެއެވެ. މިހާތަނަށް އޭނާގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގައި އެ ޓީމަށް މާ ބޮޑު ކުރިއެރުމެއް ޙާޞިލުނުކުރެވެއެވެ.
މި ލިއުމާއި ގުޅޭ