Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ރަށްރަށުގައި ކަރަންޓު ކެނޑޭ ވާހަކަ މިހާރު ނީވޭނެ: ރައީސް ނަޝީދު

ރާއްޖޭގެ ރަށްރަށުގައި މިހާރު ކަރަންޓު ކެނޑޭ ވާހަކަ މިހާރު ނީވޭނެ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިފަދައިން ރައީސް ނަޝީދު ވިދާޅުވީ މިއަދު އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިޚާބާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، 2018 ވަނަ އަހަރުގައި އެކި ތަންތަނުން ކަރަންޓު ކެނޑޭތީ ގިނަ އަދަދެއްގެ ރައްޔިތުން ޝަކުވާ ކުރި ކަމަށެވެ. ނަމަވެސް މިހާރު އެ ޝަކުވާ ނުކުރާނެ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބު ކާމިޔާބުކުރެއްވޭނެ ކަމަށާއި، އިދިކޮޅު ފަރާތްތައް ބޮޑުތަނުން ބަލިކުރައްވާނެ ކަމުގައި ވިދާޅުވެ، އެމަނިކުފާނު ފާހަގަކުރެއްވީ ހަމައެކަނި އަތޮޅު ތެރެއަށް ކަރަންޓީނު ފޯރުކޮށްދޭ ކުންފުނި ފެނަކައިން 158 އައު ޖަނަރޭޓަރު ގެނެސްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މިހާރު ކަރަންޓު ކެނޑުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިއްޔެގައި އަޑުއެއްސެވިންތޯ އެއްވެސް ރަށަކުން ކަރަންޓު ކެނޑިފައިހުރި ވާހަކަ. އަޑެއް ނާއްސަވާނެ. އެއީ 78 މެގަވޯޓުގެ ކަރަންޓު ކެޕޭސިޓީ މި ސަރުކާރުން ހޯދައިދީފި
ރައީސް މުޙައްމަދު ނަޝީދު

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މި ސަރުކާރާއި ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރާ ވާދަވެސް ނުކުރެވޭނެ ކަމަށެވެ. އަދި މި ސަރުކާރުން ހިންގަމުންދާ ތަރައްޤީގެ މަސައްކަތްތައް ރައްޔިތުންނަށް ފެންނަ ކަމަށް ވިދާޅުވެ، އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބުވާނެ އެއްވެސް ގޮތެއް ބައްލަވައި ހޯއްދަވައިގެންވެސް ފެނިވަޑައިނުގެންނެވި ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ