Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ ޗައިނާ ގުޅުން

ޗައިނާއާއެކު ޓުރަމްޕު ހެއްދެވި ވިޔަފާރި އެއްބަސްވުން މުރާޖަޢާކުރަނީ

ޓުރަމްޕު ވެރިކަމުގައި ޗައިނާއާއެކު ހަދާފައިވާ ވިޔަފާރި އެއްބަސްވުން އެމެރިކާގެ އައު ސަރުކާރުން މުރާޖަޢާކުރަން ފަށައިފިއެވެ.
އެމެރިކާއިން ޗައިނާއާއެކު ހަދަން ނިންމާފައިވާ ވިޔަފާރި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ޓުރަމްޕު ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދުގައި ވެފައިވާ އެއްބަސްވުން ޖޯ ބައިޑެންގެ ސަރުކާރުން މުރާޖަޢާކުރަމުން އަންނަ ކަމުގައި ވިދާޅުވީ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ޕްސާކީއެވެ.
އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ނިންމާފައިވާ ހުރިހާ ނިންމުމެއްވެސް މިހާރު މުރާޖަޢާކުރަމުން އަންނަ ކަމަށެވެ. އެއީ ޓުރަމްޕުގެ އެއްބަސްވުމަށް އަމަލުކުރަމުން ގެންދާނެ ތޯ ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
އެމެރިކާއަށް ޗައިނާއިން ކޮރޯނާވައިރަސް އައުމާ ހަމައަށް ޓުރަމްޕު ސަރުކާރަށް ހާސިލުކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބަކީ މި އެއްބަސްވުމެވެ. މީގެ އަހަރެއްހައި ދުވަސްކުރިން ޓުރަމްޕު ސަރުކާރާއި ޗައިނާގެ މެދުގައިވި އެއްބަސްވުމާމެދު ފަޚުރުވެރިވާކަމަށް ޓުރަމްޕު ވިދާޅުވުމުން މިހާރުގެ ރައީސް ޖޯ ބައިޑެންވަނީ އެއިރު ޓުރަމްޕަށް ފާޑުވިދާޅުވެފައެވެ.
މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ގަތުން އިތުރުކުރުމަށް ޗައިނާއިން އެއްބަސްވެފައިވެއެވެ. އޭގެ ބަދަލުގައި އެމެރިކާއިން ޗައިނާގެ އުފެއްދުންތަކަށް އަޅާފައިވާ ޓެރިފުތަކަށް ލުއި ދިނުމަށް އެމެރިކާއިން އެއްބަސްވިއެވެ.
މި ލިއުމާއި ގުޅޭ