Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔުނައިޓެޑް އަރަބް އެމިރޭޓްސް

ޝާރްޖާހްގެ ވެރިޔާގެ އަނބިކަނބަލުން އިޒްރޭލުގެ ތައުލީމީ މުޤައްރަރަށް ފާޑުވިދާޅުވެއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެއް އެމިރޭޓްސް ކަމުގައިވާ ޝާރްޖާހްގެ ވެރިޔާ ޝެއިހް ސުލްތާން އަލް ޤާސިމީގެ އަނބިކަނބަލުން ޝެއިހާ ޖަވާހަރް ޤާސިމީ، އިޒްރޭލުގެ ތައުލީމީ މުޤައްރަރަށް ފާޑުވިދާޅުވެއްޖެއެވެ.
ޝެއިހާ ޖަވާހަރް އިޒްރޭލުގެ ތައުލީމީ މުޤައްރަރަށް ފާޑުވިދާޅުވެފައިވަނީ ޔޫއެއީގެ އެޑިއުކޭޝަން މިނިސްޓްރީ އާއި އިޒްރޭލުގެ އެޑިއުކޭޝަން މިނިސްޓްރީއާއި ދެމެދު އޮންލައިންކޮށް ބޭއްވުނު ކޮންފަރެންސެއްގައެވެ. ދެ ޤައުމުގެ ދެމެދުގައި ތައުލީމީ ގޮތުން ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ބޭއްވުނު މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޖަވަހަރް ވިދާޅުވީ އިޒްރޭލުގެ މުޤައްރަރުގައި އަރަބިން މަރައި އަރަބިން ރޭޕްކުރުމަށް ހިތްވަރުދޭ ކަމަށެވެ. އަދި އެމޭރުމުން އޭނާ ވަނީ ޓުވީޓުވެސް ކުރައްވާފައެވެ.
އެ ޓުވީޓާއި ގުޅިގެން އަރަބި ދުނިޔޭގެ ބައެއް މަޝްހޫރު ފަރާތްތައްވަނީ ޖަވާހަރަށް ތައުރީފުކޮށް ޓުވީޓުކޮށްފައެވެ. އަދި ޖަވާހަރަށް ތާއީދުކޮށް ޓުވީޓުކުރި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އަރަބިންނާއި ދެކޮޅު ފިކުރު ފަތުރަނީ ހަމައެކަނި އިޒްރޭލުގެ ތައުލީމީ މުޤައްރަރުން ނޫން ކަމަށާއި މުޅި ސަހްޔޫނީ ފިކުރަކީވެސް އޭގެ ފިކުރެއްކަމަށެވެ.
އިޒްރޭލާއި ޔޫއޭއީ ޑިޕްލޮމެޓިކް ގުޅުން ޤާއިމް ކުރަން ނިންމާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. އަދި އެފަހުން އިޒްރޭލާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މަސައްކަތް ޔޫއޭއީއިން ދަނީ ކުރަމުންނެވެ. އަދި މި ހަފްތާ ތެރޭގައި އިޒްރޭލުން ވަނީ އިޒްރޭލުގެ އެމްބަސީއެއްވެސް ޔޫއޭއީގައި ހުޅުވާފައެވެ.
ޝެއިހާ ޖަވާހަރަށް ތާއީދުކޮށް ޓުވީޓުކުރި ބައެއް ފަރާތްތަކުން ވަނީ ޔޫއޭއީގެ މުޖުތަމައުގައި ސަހްޔޫނީންގެ ފިކުރު ފެތުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި މެދު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މި ލިއުމާއި ގުޅޭ