Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓެކްނޮލޮޖީ

ތުުރުކީގައި "ސްމާޓް މަހާނަގާ" ތަކެއް ހަދަނީ

ތުރުކީގެ ވިޔަފާރިވެރިއަކު ތުރުކީގައި ސްމާޓު މަހާނަގާތަކެއް އުފައްދަން ފަށައިފިއެވެ.

މެހްމެތު ޖެތިން ނަމަކަށް ކިޔާ މިމީހާ ވަނީ ތުރުކީގެ އަނަތާލިޔާގެ ބައެއް ގަބުރުސްތާނު ތަކުގައި ހުންނަ މަހާނަގާތައް "ސްމާޓް" މަހާނަގާ ތަކަށް ބަދަލުކޮށްދިނުމުގެ ހިދުމަތް ފަށާފައެވެ. މިގޮތުން މި ހިދުމަތުގެ ދަށުން މަހާނަގާތަކުގައި ކިއުއާރު ކޯޑެއް ޕްރިންޓުކޮށްދެއެވެ. އެ ކިއުއާރު ކޯޑުން ފޯނުން ސްކޭން ކުރުމުން މަހާނާގައި އޮތް މީހާ އާއި ގުޅޭ އެކި މައުލޫމާތުތައް ފޯނުން ބަލާލެވޭނެއެވެ. އެމީހާގެ ބައެއް ފޮޓޯތަކާއި، އާއިލާއާއި، ރަހުމަތްތެރިންގެ މައުލޫމާތުވެސް މިގޮތުން ބަލާލެވޭނެއެވެ. މީގެ އިތުރުން ބައެއް ދުއާތައްވެސް ފެންނާނެ ކަމަށް މެހްމެތު ޖެތިން އިސްވެ އުފައްދާފައިވާ އަނަޓާލިޔާ ގްރޭވް މެއިންޓެނެންސް އެންޑް ޓުމްބް ކޮންސްޓްރަކްޝަން ކުންފުނިން ހާމަކޮށްފައިވެއެވެ.

ޖެތިން އަކީ މަހާނަގާތައް ތައްޔާރު ކުރުމުގެ ވިޔަފާރީގައި 12 ވަރަކަށް އަހަރު ހޭދަކޮށްފައިވާ ފަރާތެކެވެ. ތުރުކީގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވާ ގޮތުގައި، އަބަދުވެސް މަރުވާ މީހުންގެ އާއިލާތަކުން އޭނާ ކައިރީގައި މަހާނަ ގާތަކުގައި ޅެން ބައިތުތަކާއި މަރުވެފައިވާ މީހާ އާއި ގުޅޭ މައުލޫމާތު ލިޔެދިނުމަށް އެދޭކަމަށެވެ. އަދި ބައެއް މީހުން ފޮޓޯތައް ވެސް މަހާނަ ގަލުގައި ހަރުކޮށް ދިނުމަށް އެދޭކަމަށް އޭނާ ބުނެފައިވެއެވެ.

އަދި މިއީ އާންމުކޮށް ހަރަދުބޮޑު މަސައްކަތްތަކަށް ވާއިރު، ކިއުއާރު ކޯޑުތަކާއި އެކު މަސައްކަތް އަަސްވެ އަގުވެސް ހެޔޮ ވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ފަހުން އަންނަ ޖީލުތަކަށްވެސް، ކުރިން މަރުވެފައި ވާ ފަރާތްތަކާއި ގުޅޭ މައުލޫމާތު ފަހުން ބަލާލެވޭނެ ކަމަށް ޖެތިން ބުނެފައިވެއެވެ.

ޖެތިން ދަނީ އޭނާގެ މި ވިޔަފާރި ތުރުކީއިން ބޭރަށްވެސް ފުޅާކުރުމަށް ވިސްނަމުން ކަމަށް އޭނާ ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ