Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ޔާމީން ދައްކަވާ ސާބިތުކަމާމެދު ފަޚުރުވެރިވޭ: ޣައްސާން މައުމޫނު

ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ސާބިތު ކަމާއި މެދު ފަހުރުވެރިވެ ވަޑައިގަންނަވާކަމަށްތ.ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާނު މައުމޫނޫ ވިދާޅުވެއްޖެއެވެ. ޣައްސާން މިހެން ވިދާޅުވީމިރޭ ޕީޕީއެމް އަދި ޕީއެންސީ ގުޅީގެން ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރިއަށް ގެންދާ ޝުޢޫރުފާޅުކުރުމުގެ އެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޣައްސާނު ވިދާޅުވީ ކުރިމަތިވެފައިވާ މިދަތި ދަނޑިވަޅުގައިވެސް، އަދި ގޮންޖެހުމުގެ ވަގުތުގައިވެސް ރައީސް ޔާމީނު ހުންނެވީ ރައްޔިތުންނާ އެކީގައި ކަމުގައެވެ. އަދި ރައީސް ޔާމީނަކީ އަބަދުވެސް ޤައުމަށް ވަފާތެރި ރައްޔިތުންނަށް އަޅައިލައްވާ ވެރިއެއްކަން ފެންނަމުން ސާފުވަމުންދާ ކަމުގައިވެސް ޣައްސާނު ވިދާޅުވިއެވެ.
ޣައްސާނު އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ވާނުވާ ނޭނގޭ ތަންދޮރު ނުދަންނަ ބައެއް ނޫންކަމުގައެވެ. ކަންކަން ވަމުންދާ ގޮތް ދިވެހިން ވަރަށް ގާތުން ބަލަމުންދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން ރައީސް ޔާމީނު ހުންނެވީ ރައްޔިތުންނާއެކީ ވަރަށް ކެރިވަޑައިގެން ޢަޒުމާއެކު ކަމުގައިވެސް ޣައްސާނު ވިދާޅުވިއެވެ. ހަމައެހެންމެ އެބޭފުޅުން ތިއްބެވީ ރައީސް ޔާމީނުގެ ފަހަތްޕުޅުގައި ކަމާއި، ރައީސް ޔާމީނުގެ ފަހަތްޕުޅުން ދާންޖެހުނު ކޮންމެތާކަށް ވަޑައިގަންނަވާނެ ކަމުގައިވެސް ޣައްސާނު ވިދާޅުވިއެވެ. އަދި ޤައުމާއި ދީނަށްޓަކައި، އަދި މިވަޠަނުގެ ސިޔާދަތަށްޓަކައި ރައީސް ޔާމީނާއެކު ތިއްބަވާނެ ކަމުގެ ޔަޤީންކަން ޣައްސާނުވަނީ އަރުވާފައެވެ.
އަދި އޭނާ ވިދާޅުވީ މާތްﷲގެ ވާގިފުޅާއި ރަޙުމަތްފުޅާއެކު، މާދަމާގެ ޝަރީޢަތް ނިމިގެންދާނީ އެންމެ އުންމީދު ކުރާ ގޮތަށް ރައީސް ޔާމީނަކީ މަޢުޞޫމު ބޭފުޅެއް ކަމުގައި ކަނޑައެޅިގެން ކަމުގައެވެ.
މި ލިއުމާއި ގުޅޭ