Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

ސައުދީ އަދި ޔޫއޭއީއަށް ހަތިޔާރު ވިއްކުން އެމެރިކާއިން މަޑުޖައްސާލައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ސައުދީ އަރަބިއްޔާއަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ހަތިޔާރު ވިއްކަން ނިންމި ނިންމުން މަޑުޖައްސާލައި ރިވިއުކުރަން އެމެރިކާގެ މިހާރުގެ ސަރުކާރުން ފަށައިފިއެވެ.
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެފައިވާ ގޮތުގައި މިއީ އާ ސަރުކާރެއް ހަވާލުވުމަށްފަހު އާންމުކޮށް ކުރާކަމެއް ކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ، ހަތިޔާރު ވިއްކުމުގެ އެއްބަސްވުމުގެ ދަށުން އެމެރިކާގެ އިސްތިރަޖީ ލަނޑުދަނޑިތައް ހާސިލު ކުރެވޭނެކަން ޔަގީން ކުރުން ކަމަށް ބްލިންކެން ވިދާޅުވެފައިވެއެވެ.
އެމެރިކާއިން ވިއްކުން މަނާކުރި ހަތިޔާރުތަކުގެ ތެރޭގައި އެފް-35 ގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކާއި ސްމާޓު ބޮން ހިމެނެއެވެ. ޓްރަމްޕްގެ ވެރިކަމުގައި ވަނީ ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއަށް އެތައް ބިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު ވިއްކަން އެއްބަސްވެފައެވެ. އެގޮތަށް އެއްބަސްވީ ޔޫއޭއީ އިން އިޒްރޭލާއި ޑިޕްލޮމެޓިކް ގުޅުން ޤާއިމް ކުރުމުންނެވެ.
އެމެރިކާ އަކީ ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު އުފައްދާ އެއް ޤައުމެވެ. އެ ޤައުމުން އެންމެ ގިނައިން ހަތިޔާރު ގަންނަ ޤައުމުތަކުގެ ތެރޭގައި މެދު އިރުމަތީގެ ޤައުމުތައް ހިމެނެއެވެ.
މި ލިއުމާއި ގުޅޭ