Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިންގަޕޫރު

މިސްކިތްތަކަށް ހަމަލާދޭން އުޅުނު 16 އަހަރުގެ ކުއްޖަކު ސިންގަޕޫރުގައި ހައްޔަރުކޮށްފި

މިސްކިތްތަކަށް ހަމަލާ ދޭން ރޭވި 16 އަހަރުގެ ކުއްޖަކު ސިންގަޕޫރުގައި ހައްޔަރުކޮށްފިއެވެ.
އިންޑިއާ ނަސްލަށް ނިސްބަތްވާ އެ ކުއްޖާ އަކީ ނަސާރާދީނަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސިންގަޕޫރުގެ އިންޓާނަލް ސެކިއުރިޓީ އެކްޓުގެ ދަށުންނެވެ. މިއީ އެ ޤާނޫނުގެ ދަށުން ހައްޔަރު ކުރެވުނު އުމުރުން އެންމެ ހަގު ފަރާތެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށްވެސް ސިންގަޕޫރުގެ ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
އޭނާ ވަނީ، 2 މިސްކިތަކަށް ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން މުސްލިމުންނަށް ހަމަލާ ދޭނެ ގޮތް ވަރަށް ރަނގަޅަށް ރާވާފައިކަމަށްވެއެވެ. މިގޮތުން، އޭނާގެ ގެ ކައިރީގައި ހުންނަ ދެ މިސްކިތަކަށް ހަމަލާ ދިނުމަށް ރާވައި، އެކަން ކުރާ ވަގުތު ސޯޝަލް މީޑިއާ އިން އެކަން ލައިވް ކުރަން ވެސް އޭނާ ވަނީ ނިންމާފައިކަމަށް ސިންގަޕޫރުގެ ހޯމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. .
ސިންގަޕޫރުގެ ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ކުއްޖާ އެކަންކަން ކުރަން ހިތްވަރު ހޯދީ 2019 ވަނަ އަހަރު ނިއުޒިލޭންޑުގެ 2 މިސްކިތަކަށް ވަދެ މުސްލިމުންނަށް ހަމަލާދިން މީހާގެ ކިބައިން ކަމަށެވެ.
ތަހުގީގު މަރުހަލާގައި އެ ކުއްޖާ ވަނީ އެ ކަންކަމަށް އެއްބަސް ވެފައި ކަމަށާއި އޭނާ ބުނި ގޮތުގައި ހަމަލާ ދީ ނިމުމުން އޭނާ ހައްޔަރު ކުރާނެ ކަން ނުވަތަ ހަމަލާ ދެމުން ދަނިކޮށް ފުލުހުން އައިސް ބަޑި ޖަހާ އޭނާ މަރާލާނެކަން އޭނާ އަށް ޤަބޫލުކުރެވޭ ކަމަށެވެ. އެހެން ކަމުން އެ ހަމަލާދޭން އޭނާ ރޭވީ މަރުވިއަސް މައްސަލައެއް ނެތްކަމަށް ވިސްނައިގެންނެވެ.
މި ލިއުމާއި ގުޅޭ