މިނިސްޓަރު ޝާހިދުގެ ގެކޮޅު ކުރިމަތީ މުޒާހަރާ ކުރަން ފަށައިފިއެވެ.
މުޒާހަރާގެ ބައިވެރިން ދަނީ ޝާހިދުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އަދި އިންޑިއާ ސަރުކާރުގެ ނުފޫޒު ރާއްޖޭގައި ފެތުރުމަށް ޝާހިދު މަސައްކަތް ކުރަމުންދާ ކަމަށް މުޒާހަރާވެރިން ތުހުމަތު ކުރެއެވެ.
ފުލުުުހުން ވަނީ މާގިނަ އިރު ތަކެއް ނުވެ މުޒާހަރާ ހުއްޓުވާފައެވެ. އަދި އެކަން ކުރަނީ “މަތިން އަންގައިގެން” ކަމަށް ފުލުހުން ބުނި ކަމަށް މުޒާހަރާގެ ބައިވެރިއަކު މައުލޫމާތު ދިނެވެ.
މިއަދު އިދިކޮޅު ފަރާތްތަކުންވެސް ވަނީ ހެލްތު މިނިސްޓްރީ ކުރިމަތީގައިވެސް މުޒާހަރާކޮށްފައެވެ. އެ މުޒާހަރާވެސް ފުލުހުން ވަނީ ހުއްޓުވާފައެވެ.