Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ރާއްޖެޓީވީއަށް ސިފައިންގެ އުޅަނދުތައް ދިނުމަކީ އިޖުތިމާއީ ޚިދުމަތެއް: އެމްއެންޑީއެފް

ރާއްޖެ ޓީވީން ރަމަޟާން މަހަށް ތައްޔާރުކުރާ ޕްރޮގުރާމެއްގައި ބޭނުންކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އުޅަނދުތައް ދިނުމަކީ ޢާންމު ޚިދުމަތެއް ކަމުގައި ޤައުމީ ދިފާޢީ ބާރުން ބުނެފިއެވެ.

އަންނަ ރޯދަ މަހު ރާއްޖެޓީވީން ދައްކަން ހަމަޖެހިފައިވާ "ސެލެބްރިޓީ ރޭސް" ނަމަކަށް ކިޔާ ރިއަލިޓީ ޝޯ އެއްގައި އެމްއެންޑީއެފް ގެ ގިނަ އަދަދެއްގެ އުޅަނދުތަކާއި ސިފައިން ބޭނުންކޮށްފައިވެއެވެ. މި ޝޯ ޝޫޓުކޮށްފައިވަނީ ޖެނުއަރީ 9 އަކުން 17 އަށް ދ.އަތޮޅު ގެމެންދޫގެ ފަޅުތެރޭގައި އޮންނަ ފަޅު ރަށްތަކުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހުރިހާ ދުވަހަކަށް އެމްއެންޑީއެފްގެ 6 އުޅަނދެއް އޮތީ ރާއްޖެޓީވީގެ ޝޯއަށްޓަކާ ހާއްސަ ކުރެވިފައެވެ. އޭގެ ތެރޭގައި ކޯސްޓްގާޑުގެ އުޅަނދެއް ކަމަށްވާ "ނޫރައްދީން" އާއި އެމްއެންޑީއެފްގެ ބޮޑު ލޭންޑިން ކްރާފްޓެއް ހިމެނެއެވެ. މީގެ އިތުރުން ލޯންޗަކާއި، ރޭޑާ އުޅަނދަކާއި، ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން އޮޕަރޭޓު ކުރަމުންދާ ހެލިކޮޕްޓަރުތަކުގެ ތެރެއިން ހެލިކޮޕްޓަރެއްވެސް ބޭނުން ކޮށްފައިވެއެވެ.

މިކަމާ ގުޅިގެން "ދިޔަރެސް" ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއެންޑީއެފުގެ ތަރުޖަމާނު ވިދާޅުވީ، ޢާންމުންނާއި، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމާޢަތްތަކުންނާއި، މީޑިޔާ ކުންފުނިތަކާއި، ލޯކަލް ކައުންސިލުތަކުން އަދި ސުކޫލު މަދުރަސާތަކުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ދިވެހި އަސްކަރިއްޔާގެ އެހީއަށް އެދިއްޖެނަމަ، އެހީތެރިކަމަށް އެދޭ ކަމުގައި ސިފައިން އެހީތެރިވާ ކަމަށެވެ..

އަދި އެ އެހީތެރިކަން ފޯރުކޮށްދެނީ ސިފައިންގެ އެކި އޮޕަރޭޝަންތަކަށް ދަތިނުވާ ގޮތެއްގެ މަތިން ލިބިފައިވާ ވަސީލަތްތައް ފޯރުކޮށްދީގެން، ކަމަށާއި އެއީ ވަސީލަތް ހުރި މިންވަރަކުން އަބަދުވެސް ކުރާ ކަމެއް ކަމުގައި ސިފައިން ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް މީޑިޔާއެއްގެ ވިޔަފާރި ހަރަކާތެއްގައި ސިފައިންގެ ވަސީލަތްތައް މީގެ ކުރިން ބޭނުންކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

އަދި މިފަދައިން އެހީތެރިކަން ފޯރުކޮށްދޭ ދިނުމަކީ ސިފައިންނާއި ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމާއި އިތުބާރު އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ މާތް މަޤުޞަދުގައި ފޯރުކޮށްދެމުން އަންނަ އިޖުތިމާޢީ ޚިދުމަތެއް ކަމުގައި ޤައުމީ ދިފާޢީ ބާރުގެ ތަރުޖަމާނު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ