Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

ފިނޭންސް މިނިސްޓްރީން ފަންޑު އެނަލިސްޓެއް ހޯދަނީ، މުސާރައަކީ 5610 ރުފިޔާ

މިނިސްޓްރީ އޮފް ފިނޭންސުން ފަންޑް އެނަލިސްޓަކު ހޯދަން އިއުލާންކޮށްފިއެވެ.
ދާއިމީ މަޤާމެއްގެ ގޮތުގައި އިއުލާންކުރި މިމަޤާމަކީ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ގެ މަޤާމެކެވެ. އަދި މަސައްކަތް ކުރަންޖެހެނީ މިނިސްޓްރީގެ ޓެރްޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިޕާޓްމެންޓުގައެވެ.
މި މަޤާމުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 5610 ރުފިޔާއެވެ. އަދި ސާވިސް އެލަވެންސްގެ ގޮތުގައި މަހަކު 2000 ރުފިޔާ އާއި، ފިނޭންސް އެލެވެންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ އަދި ސަޕޯޓިން ކޯ އެލެވެންސެއްގެ ގޮތުގައި 700 ރުފިޔާ ދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އެހެން ކަމުން އިތުރު ގަޑީގެ ފައިސާ ނުހިމަނާއި މުސާރައާއި އެންމެހާ އިނާޔަތްތަކާއި އެކު މި މަޤާމުން ލިބޭނީ 10،273.5 ރުފިޔާއެވެ.
ފަންޑު އެނަލިސްޓުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ދައުލަތުގެ ފަންޑުތައް ބެލެހެއްޓުމުގައި އެހީތެރިވުމާއި، މަހުން މަހަށް ސަރުކާރުގެ މުވައްޒަފުންގެ ޕޭރޯލް ފައިސާ ދޫކުރުމުގެ މަސައްކަތުގައި އެހީތެރިވުމާއި، މާލިއްޔަތު ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ސަރުކާރުން މުދާ ނުވަތަ ހިދުމަތެއް ހޯދާފައިވާ ފަރާތަކަށް ފައިދާ ދިނުމަށްޓަކައި ޕަބްލިކް އެކައުންޓިން ސިސްޓަމް މެދުވެރިކޮށް ޕޭމެންޓް ޕްރޮސެސްކުރަން އެހީތެރިވުން ހިމެނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މަޤާމުގެ ތައުލީމީ ރޮނގުތައް ކަމުގައިވާ ފައިނޭންސް ނުވަތަ އެކައުންޓިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ހާސިލުކޮށްފައި ހުންނަންޖެހެއެވެ. މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޑޮކިއުމެންޓުތައް ހުށަހަޅަންޖެހޭ ގޮތުގެ ތަފްސީލު ފިނޭންސްގެ ވެބްސައިޓުގައި އާންމުކޮށްފައި އެބަހުއްޓެވެ.
މިފަދަ ޓެކްނިކަލް މަޤާމަކަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ ސިޔާސީ ފަރާތްތަކުގެ މުސާރައާއި ބަލާއިރު ނިސްބަތުން ކުޑަ އަދަދެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެއްވެސް ތައުލީމެއް އަދި ތަޖުރިބާއެއް ނެތް އެންމެ އާދައިގެ ފެންވަރުގެ ސިޔާސީ މަޤާމެއްގައި ހުންނަ ފަރާތަކަށްވެސް 10،000 ރުފިޔާލިބެއެވެ.
މި ލިއުމާއި ގުޅޭ