Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެސްޓީއޯ

އެސްޓީއޯއިން އެޅި ހޮޓާ ތަރައްޤީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ހުޅުމާލޭގައި އެސްޓީއޯއިން ބިނާކޮށްފައިވާ ހޮޓާ ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އިއުލާނުކޮށްފިއެވެ.
ފާއިތުވި އަހަރުގެ ޖުލައި މަހުގައި އެ ސިޓީ ހޮޓަލުގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް އެއްބަސްވެ ސޮއިކޮށްފައިވެއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި އެ ހޮޓާ ފަސްތަރީގެ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފުރިހަމަކޮށް ނިންމުމަށްފަހު، އެތަން ހިންގަން ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް ހުޅުވައިލާ ކަމަށެވެ.
މި އިއުލާނުގައި އެ ހޮޓަލާ ގުޅޭ އެއްވެސް ތަފުސީލެއް ހިމަނާފައިނުވެއެވެ. އެ އިއުލާނުގައި ބުނެފައިވަނީ އެ ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތް ފުރިހަމަކޮށް ހޮޓާ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފެށޭ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މި ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2012 ވަނަ އަހަރުގައެވެ. އެ ހޮޓާ ބިނާކުރުމަށް ތައިލެންޑުގެ އެގްޒިމް ބޭންކުން 10 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ. އެ ހޮޓަލުގެ މަސައްކަތް ރައީސް އޮފީހުން އަންގަވައިގެން 2014 ވަނަ ހުއްޓައިލުމަށްފަހު އެ ހޮޓާ ވިއްކާލުމުގެ މަސައްކަތް ކުރިއެވެ.
މި ލިއުމާއި ގުޅޭ