Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

އެމެރިކާގައި އެންމެ ބޮޑު މުސާރަ ލިބޭ ސަރުކާރު މުވައްޒަފަކީ ފައުޗީ!

އެމެރިކާ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބޭ މުވައްޒަފަކީ އެމެރިކާގެ ނޭޝަނަލް އިސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒެސްގެ ޑިރެކްޓަރު އަދި ޗީފް މެޑިކަލް އެޑްވައިޒަރ ޓުދަ ޕްރެޒިޑެންޓް އެންތަނީ ފައުޗީކަން ހާމަވެއްޖެއެވެ.
އެމެރިކާގެ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ދަށުން އެ ޤައުމުގެ ޖަމިއްޔާއަކުން އެ ޤައުމުގެ ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލު ހޯދާ ހާމަކޮށްފައިވާއިރު 2019 ވަނަ އަހަރު ސަރުކާރުގެ އެންމެ ބޮޑު މުސާރައެއް ލިބެނީ ފައުޗީއަށެވެ. މިގޮތުން ފައުޗީއަށް 2019 ވަނަ އަހަރު 417،608 ޑޮލަރު ލިބިފައިވެއެވެ. މިއީ އެމެރިކާގެ ރައީސްގެ މުސާރައަށްވުރެވެސް ބޮޑެވެ. އެމެރިކާގެ ރައީސް އަކަށް ހުންނަވާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި ލިބެނީ 4 ލައްކަ ޑޮލަރެވެ.
އެމެރިކާގެ މައި ސަރުކާރުގައި 4 މިލިއަނެއްހާ މުވައްޒަފުން ތިބޭއިރު އެންމެ ބޮޑު މުސާރަ ލިބޭ ފައުޗީ ސިއްހީ ދާއިރާގައި ހިދުމަތް ކުރައްވާތާ 53 އަހަރުވެއްޖެއެވެ. އަދި ރޮނަލްޑް ރޭގަން އިން ފެށިގެން ހުރިހާ ރައީސުންނަށް ލަފާ ދިނުމުގައި ފައުޗީ ހަރަކާތްތެރިވެފައިވެއެވެ.
ފައުޗީ އަށް އެހާ ބޮޑު މުސާރައެއް ލިބޭ އެއް ސަބަބަކީ، ސިއްހީ ދާއިރާގެ ފަރާތްތަކަށް ޕްރައިވެޓް ސެކްޓަރުގައި ލިބޭ ވަރުގެ މުސާރައެއް ސަރުކާރުންވެސް ދޭންޖެހޭތީއެވެ. އެމެރިކާ ސަރުކާރުގެ މުވައްޒަފުންގެ ތެރޭގައި އެންމެ މަތިން މުސާރަ ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޑޮކްޓަރުންނާއި ސައިންޓިސްޓުންނާއި އެފަދަ ފަންނުތަކުގެ މީހުންނެވެ.
މި ލިއުމާއި ގުޅޭ