Friday 26th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

ކޮވިޑް-19: ޖޭއެސް ޕްރިންސިޕަލް ޕޮޒިޓިވް، ކިޔެވުން ކުރިއަށް

ޖަމާލުއްދީން ސުކޫލުގެ ޕްރިންސިޕަލް ޙަސަން މުޙައްމަދު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ޙަސަނުގެ އިތުރަށް އެ ސުކޫލުގެ އެޑްމިނިސްޓްރޭޓަރުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ. އެހެންކަމުން އެ ސުކޫލުގެ އޮފީސް މިވަގުތު ހުރީ ބަންދުކޮށްފައެވެ. އެހެންނަމަވެސް ކުރިންވެސް ރޭވިފައިވާ ގޮތުގެ މަތިން ސުކޫލުގައި ކިޔެވުން ކުރިއަށް އެބަ ގެންދެއެވެ.

ޙަސަން ކޮވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ މީގެ ދެތިން ދުވަސްކުރިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ޕޮޒިޓިވްވިކަން އެނގުމުގެ ކުރިން ސުކޫލަށް ނުކުމެވަޑައިގެން މަސައްކަތްކުރެއްވި ކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.

ޕްރިންސިޕަލާއި އެޑްމިނިސްޓްރޭޓަރު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ތަނުގައި ތިބި މުވައްޒަފުން ބައްޔަށް ޓެސްޓުކުރި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މާސްކު އަޅައިގެން ގައިދުރުކަން ބަހައްޓައިގެން އުޅެފައިވާތީ އެ މުވައްޒަފުންނަކީ ކޮންޓެކްޓުން ކަމަށް ބަލާފައިނުވެއެވެ.

އެ ސުކޫލުން "މިހާރު" ނޫހަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވެފައިވަނީ ޕްރިންސިޕަލް އަދި އެޑްމިނިސްޓްރޭޓަރު ޕޮޒިޓިވްވުމުން ދަރިވަރުންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ޕްލޭނާ އެއްގޮތަށް ކިޔެވުން ކުރިއަށްދާ ކަމަށވެެ.

މި ލިއުމާއި ގުޅޭ