Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވާ މެދު ފަންތީގެ އިޤުތިޞާދުތަކަށް އަދިވެސް ދަތިވާނެ:އައިއެމްއެފް

ދުނިޔޭގެ އިޤުތިޞާދުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވާ މެދުފަންތީގެ އިޤުތިޞާދުތަކަށް އަދި މުސްތަޤުބަލު ފެންނަނީ އުދަގޫކޮށް ކަމުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނެފިއެވެ.
އައިއެމްއެފުން މިފަދައިން ބުނެފައިވަނީ އެ ޖަމްޢިއްޔާއިން ނެރުނު ވޯލްޑް އިކޮނޮމިކް އައުޓްލުކުގެ ޖަނަވަރީ 2021ގެ ރިޕޯޓުގައެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރެއިން ފަތުރުވެރިކަމާއި ތެލުގެ މައްޗަށް ބަރޯސާވާ ޤައުމުތަކުގެ ކުރިމަގު ފެންނަނީ ދަތިކޮށް ކަމުގައެވެ.
ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވާ ކުރިއަރަމުން އަންނަ އިޤުތިޞާދުތަކުގެ މުސްތަޤުބަލަށް އޮތް ގޮންޖެހުމަކީ ކޮބައިކަން ފާހަގަކޮށް އައިއެމްއެފުގެ ރިޕޯޓުގައި ބުނެފައިވަނީ ބޯޑަރުތައް ހުރަސްކޮށް ދަތުރުކުރާކުރުން އާންމު ހާލަތަށް ރުޖޫއަވާނީ ލަހުން ކަމުގައި ބެލެވޭ ކަމަށެވެ. އަދި އެ ލަސްކަމުގެ ސަބަބުން އެފަދަ ޤައުމުތަކުގެ އިޤުތިޞާދުތައް އާންމު ޙާލަތަށް ރުޖޫއަވުމަށް ދަތިވާނެ ކަމަށެވެ.
ތަރައްޤީވަމުން އަންނަ އިޤުތިޞާދުތަކުގެ ތެރެއިން ތެލުގެ މައްޗަށް ބަރޯސާވާ ޤައުމުތަކުގެ އިޤުތިޞާދީ މުސްތަޤުބަލު ދަތިކޮށް ފެންނަ ސަބަބެއް ކަމުގައި އައިއެމްއެފުން ބުނެފައިވަނީ ތެލުގެ އަގުތައް އުފުލިގެން ނުދާނެކަމަށް ލަފާކުރެވޭތީ ކަމަށެވެ.
ދިވެހިރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ މައްޗަށް އިޤުތިޞާދު ބިނާވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ މެދުފަންތީގެ އާމްދަނީއެއް ލިބޭ ޤައުމެކެވެ.
މި ލިއުމާއި ގުޅޭ