Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

މުޅި ދުނިޔެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 މިލިއަނަށްވުރެ މައްޗަށް

މުޅި ދުނިޔެއިން ކޮވިޑް-19 ބަލިޖެހުނު މީހުންގެ އަދަދު 100 މިލިއަނަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފިއެވެ. ރޮއިޓާސްގެ ހިސާބުތަކަށް ބަލާއިރު ކޮވިޑް-19އަށް މިހާތަނަށް 100 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.
އެހެންކަމުން ދުނިޔޭގެ އާބާދީގެ 1.3 އިންސައްތަ މީހުންނަށް މިހާރުވަނީ މި ބަލި ޖެހިފައެވެ. އަދި އެ ބަލީގައި މިހާތަނަށް 2 މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރޮއިޓާސްގެ ހިސާބުތަކުން ދައްކައެވެ.
ފާއިތުވި އަހަރު ފެށުނު ފަހުން، އެވެރެޖު ގޮތެއްގައި ކޮންމެ 7.7 ސިކުންތުން އެކަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއެވެ. އެއީ ކޮންމެ ދުވަހަކު 668،250 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއެވެ. އަދި ދުނިޔޭގެ ފެންވަރުގައި ބަލިޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތް އުޅެނީ 2.15 އިންސައްތައިގައެވެ.
ރޮއިޓަސްގެ ތަހުލީލުން ދައްކާ ގޮތުގައި ކޮވިޑް-19ގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާފައިވާ ޤައުމުތައް ކަމުގައިވާ އެމެރިކާއާއި، ބްރެޒިލާއި، އިންޑިޔާއާއި ރަޝިޔާ އަދި އިނގިރޭސިވިލާތަކީ ދުނިޔޭގެ އާބާދީގެ 28 އިންސައްތައަށްވާއިރު، އެއީ ދުނިޔެއިން ފެނުނު ކޮވިޑް-19 ކޭސްތަކުގެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑު ބައެއް ހިއްސާކުރާ ޤައުމުތަކެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 50 މިލިއަނަށް އެރީ 11 މަހުންނެވެ. ނަމަވެސް 50 މިލިއަނުން 100 މިލިއަނަށް އަރަން ނަގާފައިވަނީ އެންމެ ތިން މަސް ކަމަށް ރޮއިޓާސްގެ ހިސާބުތަކުން ދައްކައވެެ.
މިހާރު ގާތްގަނޑަކަށް 56 ޤައުމުން ކޮރޯނާވައިރަސް ވެކްސިން ފޯރުކޮށްދޭން ފަށައިފިއެވެ. މިހާތަނަށް 64 މިލިއަން ޑޯސްވަނީ ފޯރުކޮށްދެވިފައެވެ.
މި ލިއުމާއި ގުޅޭ