Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާސެނަލް

ސައުތެމްޕްޓަން ބަލިކޮށް އާސެނަލްގެ ނަޒަރު ގަދަ ހަތަރަކަށް

މި ސީޒަނު ފެށިގެން ފާއިތުވި ފުރަތަމަ މަހެއްހައި ދުވަސް އާސެނަލް ހޭދަކުރީ ރެލެގޭޝަނުގެ ތުންފަތްމަތީގައެވެ. ނަމަވެސް މީގެ އެއް މަސްކުރިން ބޮކްސިން ޑޭގައި އާސަނަލް ޗެލްސީއާ ދެކޮޅަށް ނުކުމެ ހޯދި ކާމިޔާބާއެކު އެ ޓީމުގެ ނަސީބު މުޅިން ބަދަލުކޮށްފައިވެއެވެ.
ރޭ ސައުތެމްޕްޓަނާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލުންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިހާރު އާސެނަލަް އޮތީ ތާވަލުގެ 8 ވަނާގައެވެ. ގަދަ ހަތަރަކާ އާސަނަލްގެ މެދުގައި އޮތީ އެންމެ 5 ޕޮއިންޓުގެ ފަރަށެވެ. ރެލެގޭޝަނުގެ ވާހަކައަކީ މިހާރު މާޒީއެވެ.
އާސަނަލަށް ލިބިފައިވާ ދިރުމާއި ހިތްވަރުގެ އެންމެ ބޮޑު ސިއްރަކީ އެ ޓީމުގެ ޒުވާން ތަރިން ކަމުގައިވާ ބުކަޔޯ ސަކާ އަދި އެމިލް ސްމިތް ރޯވްއެވެ. އެ ދެ ކުޅުންތެރިންގެ ހުނަރާއެކު އާސެނަލަށްވަނީ ވަރަށް ވަރުގަދަ ހިތްވަރެއް ލިބިފައެވެ.
ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ލީގުގެ 6 މެޗުގައި ސަކާވަނީ 4 ގޯލު ކާމިޔާބުކޮށްފައެވެ. ރޭގެ މެޗުގައި އެންމެ ފުރަތަމަ ކުރި ހޯދީ ސައުތެމްޓަނެވެ. އެއީ އެ ޓީމުގެ ސްޓުއާޓް އާމްސްޓްރޯންގު ކާމިޔާބުކޮށްދިން ގޯލާއެކުއެވެ.
ނަމަވެސް ނިކޮލާސް ޕެޕޭ މި ސީޒަނުގައި ކާމިޔާބުކޮށްދިން 6 ވަނަ ގޯލާއެކު އާސެނަލުން އެއްވަރުކުރިއެވެ. އޭގެ ފަހުން ލަކަޒެޓޭ ފަހިކޮށްދިން ފުރުޞަތެއްގައި ސަކާ ގޯލެއް ކާމިޔާބުކޮށްދިނެވެ. އަދި އެންމެ ފަހު ގޯލަކީ ލަކަޒެޓީ ފަހިކޮށްދިން ފުރުޞަތެއްގައި ސަކާ ކާމިޔާބުކުރި ގޯލެކެވެ.
މި ލިއުމާއި ގުޅޭ