Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންޗެސްޓާ ސިޓީ

ވެސްޓް ބްރޯމް ކޮޅަށް ފަސް ގޯލު ޖަހައި ސިޓީ ތާވަލުގެ އެއްވަނައަށް

ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކަމުން އަންނަ މެންޗެސްޓާ ސިޓީން ވެސްޓް ބްރޮމާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި، 5-0 ގެ ނަތީޖާއަކުން މޮޅުވެ ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ތާވަލުގެ އެއްވަނަ ލިބުނު ނަމަވެސް ގާޑިއޯލާ ބުނެފައިވަނީ އޭނާ ތާވަލަށް ނުބަލާ ކަމަށެވެ. ވެސްޓް ބްރޮމް މެޗުގައި ގާޑިއޯލާގެ ޓީމުން ދެއްކި މޮޅު ކުޅުމަށް ބަލާއިރު އެ މެޗުގައި 5 ލަނޑަށްވުރެ ގިނަ ލަނޑު ކާމިޔާބުކުރުމުގެ ފުރުޞަތު އެ ޓީމަށް އޮތެވެ. ސިޓީއަކީ މި ސީޒަނުގެ މިހާތަނަށް ތާވަލުގެ އެއްވަނައަށް އެރި 9 ވަނަ ޓީމެވެ.
އިކޭ ގުންޑޯގަންވަނީ އޭނާ ދަމަހައްޓަމުންދާ މޮޅު ކުޅުން ދަމަހައްޓައި ރޭގެ މެޗުގައިވެސް 2 ލަނޑު ކާމިޔާބުކޮށް ގާޑިއޯލާގެ ތާރީފު ހޯދާފައެވެ. އޭނާއާ ގުޅޭ ގޮތުން ގާޑިއޯލާ ބުނީ ގުންޑޯގަނަކީ އާދަޔާޚިލާފު އިސްތިސްނާއީ ފެންވަރުގެ މޮޅު ކުޅުންތެރިއެއް ކަމަށެވެ.
ރޭގެ މެޗުގައި ސިޓީގެ މުހިއްމު މިޑްފީލްޑަރު ކެވިން ޑެ ބުރުޔެން ދަނޑުމަތިން ފެނިފައިނުވި ނަމަވެސް އެކަމުގެ އަސަރެއް ނުފެނެއެވެ. ރޭގެ މެޗަކީ އެ ޓީމު ކުޅެމުންދާ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ޖެހިޖެހިގެން ހޯދި 11 ވަނަ މޮޅެވެ.
ރޭގެ މެޗުގައި އެ ޓީމަށް ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިންނަކީ އިލްކޭ ގުންޑޯގަންއާއި ކަންސެލޯއާއި މަހެރޭޒްގެ އިތުރުން ރަހީމް ސްޓާލިންއެވެ.
މި ލިއުމާއި ގުޅޭ