Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެންޓި ކޮރަޕްޝަން ކޮމިޝަން

ވައިބާ ގްރޫޕެއްގައި ދެއްކި ވާހަކައަކުން އޭސީސީން ވަކިކުރި މުވައްޒަފަކަށް ވަޒީފާ ދޭން ޖެހިއްޖެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ވައިބާ ގްރޫޕެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ވަޒީފާއިން ވަކިކުރި އެ ކޮމިޝަންގެ މުވައްޒަފަކަށް އަލުން ވަޒީފާދޭން ހުކުމް ކޮށްފިއެވެ.
އޭނާ ވަކިކުރީ 2017ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ ވަކިކުރީ އެ ކޮމިޝަނަށް އިންވެސްޓިގޭޝަން އޮފިސަރަކު ހޯދަން ކުރި އިއުލާނުގައި އެ މަގާމަށް ކަނޑައަޅާފައިވާ ޝަރުތުތަކާއި ގުޅޭ ގޮތުން އޮފީސް ވައިބާ ގްރޫޕުގައި ދެއްކި ވާހަކައަކާއި ގުޅިގެންނެވެ.
ވަޒީފާއިން ވަކިކުރުމުން، އޭނާ ވަނީ މައްސަލަ ޓްރައިބިއުނަލް އަށް ލާފައެވެ. ނަމަވެސް އެތަނުން ނިންމީ ވަޒީފާ އަނބުރާ ނުދެވޭނެ ކަމަށެވެ. ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން އިއްޔެ ވަނީ މައްސަލައިގެ ހުކުމް އިއްވާފައެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒާއި އިސް ފަނޑިޔާރު ހާތިފް ހިިލްމީގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދު ބެއްލެވި އެ މައްސަލައިގެ ހުކުމްގައި ބުނެފައި ވަނީ ވައިބާ ގްރޫޕުގައި އޭނާ ދެއްކި ވާހަކައަކީ ކޮމިޝަނުގެ އަގު ވެއްޓޭ ގޮތަށް ދެއްކި ވާހަކައެއް ކަމަށް އޭސީސީ އިން ބުނި ނަމަވެސް އެކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެ ކަންބޮޑުވުންތައް ފާޅުކުރީ އޭނާ އެކަނި ނޫންކަން ޗެޓް ލޮގުތަކަށް ބެލުމުން އެނގޭ ކަމަށް ވެސް ހުކުމްގައިވެއެވެ.
އަދި އެ ހުކުމްގައި ވަޒީފާ އިން ވަކިކުރި މީހާ ފާޅުކުރި ކަންބޮޑުވުންތައް ދެނެގަތުމަށް އޭސީސީ އަށް މުވައްޒަފުން ހޯދުމުގައި އަމަލުކުރާ އުސޫލު ބެލުމުގެ ފުރުސަތު ހައިކޯޓަށް ލިބިފައި ނުވާ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އޭނާ އަށް ވަޒީފާ އަނބުރާ ނުދޭން ނިންމި ޓްރައިބިއުނަލް އަށް ވެސް އެ ފުރުސަތު ނެތް ކަމަށް ބުނެފައިވެއެވެ.
ހުކުމްގައި ވަނީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ލިބުމުގެ ފުރުސަތު ދިނުމަށް އަމުރުކޮށްފައެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާގެ ފުރުސަތު އޮތްކަން އަންގާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތް ކަނޑައަޅަން ޓްރައިބިއުނަލް އަށް ހުށަހެޅުމަށް ހުކުމްގައިވެއެވެ.
މި ލިއުމާއި ގުޅޭ