Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

އެއް ބިލިއަނަށްވުރެ ގިނަ މީހުންނަށް އިންޑިޔާއިން ތަނަވަސްކަން ގެނެސްދޭ: ރައީސް ނަޝީދު

އިންޑިޔާއިން އެ ޤައުމުގެ 1 ބިލިއަނަށްވުރެ ބޮޑު އާބާދީއަށް ތަނަވަސްކަން ފޯރުކޮށްދެމުންދާ ކަމުގައި ވިދާޅުވެ، އިންޑިޔާއަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ތާރީފުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ނަޝީދު އިންޑިޔާއަށް ތާރީފުކުރައްވައި ކުރެއްވި ޓުވީޓުގައި އިންޑިޔާގެ ޑިމޮކްރަސީގެ ބައެއް ސިފަތަކަކީ އިންޑިޔާއަށް ކުރިއެރުން ލިބި ތަނަވަސްކަން އިތުރުވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައި ވިދާޅުވެފައިވެއެވެ.
އެގޮތުން ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި އިންޑިޔާގެ ކާމިޔާބީގެ ފަހަތުގައިވާ ސިފަތަކުގެ ތެރޭގައި އިންޑިޔާގެ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ޑިމޮކްރަސީގެ ނިޒާމެއް ކަމުގައިވުން ހިމެނޭ ކަމުގައި ނަޝީދު ފާހަގަކުރެއްވިއެވެ.
އިންޑިޔާގެ ކާމިޔާބުގެ އަނެއް ޞިފައެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ އިންޑިޔާއަކީ ސިންދަފާތަ މުޖުތަމަޢެއް ކަމުގައިވުމެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކޮރޯނާވައިރަސް ބަލިކުރުމަށް އިންޑިޔާއިން މުޅި ދުނިޔެއަށް އެހީތެރިވަމުންދާ ކަމަށެވެ.
އިންޑިޔާއިން އެ ޤައުމުގެ ރައްޔިތުންނަށް ހޯދައިދޭ ތަނަވަސްކަމުގެ ވާހަކަ ރައީސް ނަޝީދު ވިދާޅުވިއިރު އިންޑިޔާގެ އާބާދީގެ %68.8 ރައްޔިތުންނަކީ ދުވާލެއްގެ މައްޗަށް 2 ޑޮލަރުވެސް ނުލިބޭ ބައެކެވެ. އަދި އާބާދީގެ 30 އިންސައްތައަށްވުރެ ގިނަ މީހުންނަކީ އެ މީހުންނަށް ދުވާލެއްގެ 1.5 ޑޮލަރުގެ އާމްދަނީއެއް ނުލިބޭ މީހުންކަން ފާހަގަކުރެވެއެވެ.
އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިޔާގެ ބޮޑުވަޒީރަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް ރައީސް ނަޝީދުވަނީ މަރުހަބާ ވިދާޅުވެފައެވެ.
މި ލިއުމާއި ގުޅޭ