Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިޔާގެ ދަނޑުވެރިންގެ މުޒާހަރާގައި އެކަކު މަރުވެއްޖެ

އިންޑިޔާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް އިންޑިޔާގެ ދަނޑުވެރިން ކުރަމުން އަންނަ މުޒާހަރާ ތެރޭގައި ދިއްލީގެ އައިޓީއޯ ކައިރިން ދަނޑުވެރިއަކު މަރުވެއްޖެ ކަމުގައި އިންޑިޔާ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އިންޑިޔާގެ "ދަ ކުއިންޓް" ނޫހުން ރިޕޯޓުކުރި ގޮތުގައި މި މީހާ މަރުވެފަިއވަނީ ދިއްލީ ފުލުހުން ބަޑިން ދިން ހަމަލައެއްގައެވެ. މި ހާދިސާ ހިނގާފައިވަނީ ޑީން ޑަޔާލް އުޕަދްޔާޔް މަރްގު ކައިރީގައެވެ. އެ ސަރަހައްދުގައި ޓެރެކްޓަރެއް ފުރޮޅިފައިވާ މަންޒަރު ފެނިފައިވެއެވެ. ރިޕޯޓުތައް ބުނެފައިވާ ގޮތުން މަރުވި ދަނޑުވެރިޔަކީ ފުރޮޅައިލި ޓްރެކްޓަރުގައި އިން ދަނޑުވެރިއެކެވެ.
ދިއްލީގެ ބޯޑަރު ސަރަހައްދަށް އެއްވި އިންޑިޔާގެ ދަނޑުވެރިންގެ ގައަށް އިންޑިޔާ ފުލުހުންވަނީ ކަރުނަ ގޭސް ޖަހައިފައެވެ. އަދި ފުލުހުންގެވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށް ޑްރޯނުގެ ބޭނުން ހިފަން ތައްޔާރުވެފައެވެ.
ދިއްލީގައި މުޒާހަރާކުރާ އިންޑިޔާ ދަނޑުވެރިންގެ ތެރެއިން ވަރަށް ގިނަ މީހުންވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވައިލާ އެތެރެއަށް ވަދެގެނެފައެވެ. އެއިން ބައެއް މީހުންވަނީ ރަތް ކިއްލާ ނުވަތަ ރެޑް ފޯޓާ ހަމައަށް ވާސިލުވެފައެވެ. އެތަނުގައި އެމީހުން އިންޑިޔާގެ ޤައުމީ ދިދައާއެކު އިހުތިޖާޖުކުރާ މަންޒަރު މީސް މީޑިޔާގައި އާންމުވެފައިވެއެވެ.
ދިއްލީ ފުލުހުންވަނީ ދަނޑުވެރިން ކިބައިން ޤާނޫނު އަމިއްލަ އަތަށް ނުނެގުމަށާއި، ފުލުހުންނާ ކުރިމަތިނުލުމަށް އިލްތިމާސްކޮށްފައެވެ. އަދި ދިއްލީގެ ޞުލްޙަވެރިކަން ނެގެހެއްޓުމަށް ދަނޑުވެރިން ކިބައިން ފުލުހުން އެދިފައިވެއެވެ.
މި ލިއުމާއި ގުޅޭ