އިންޑިއާ އަކީ އެހެން ޑިމޮކްރެސީތަކަށް ހުރި ނަމޫނާއެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ ތަފާތު ވިސްނުމާއި ފިކުރުގެ މީހުން ގުޅިގެން އުޅުމުގައި އެއްބައިވަންތަކަން ދައްކައި ދިނުމުގައިވެސް އިންޑިއާ އަކީ ނަމޫނާއެއް ކަމަށެވެ.
އަދި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ތަފާތު ވިސްނުމުގެ މީހުން ގުޅިގެން އުޅުމުގެ ނަމޫނާއަކަށް އިންޑިއާ ވެފައިވާކަމަށް ޝާހިދު ވިދާޅުވެފައިވާއިރު އިންޑިއާގައި މުސްލިމުންނާއި މެދު އިންތިހާއަށް ތަފާތު ކުރުން ގެންގުޅޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. މިގޮތުން ހިންދޫ ހަރުކަށި ބީޖޭޕީގެ ސަރުކާރުން ވަނީ އެތައް ލައްކަ މުސްލިމް އިންޑިއާ ރައްޔިތުންގެ ރަށްވެހިކަންވެސް އަތުލާފައެވެ.