Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓެކްސް

ގްރީން ޓެކްސްގެ ގޮތުގައި ލިބުނު މިންވަރު މަދުވެއްޖެ

މިދިޔަ އަހަރުގެ ފުރަތަމަ 2 ހަފްތާއާއި ބަލާއިރު މިއަހަރުގެ ފުރަތަމަ ދެ ހަފްތާގައި ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު 1 ޖެނުއަރީ 2021 އިން 14 ޖެނުއަރީ 2021 ގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 4.8 މިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 13.1 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ 2 ހަފްތާގައި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 63 އިންސައްތަ ދަށެވެ.
ގްރީން ޓެކުހަކީ ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓް ހައުސް އަދި ސަފާރީތަކަށް އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ފަތުރުވެރިއެއްގެ އަތުން ނެގޭ ޓެކްސްއެކެވެ. މި ފަންޑަށް ލިބޭ ފައިސާ އެކިއެކި މަޝްރޫއުތަކަށް ސަރުކާރުން ހަރަދުކުރެއެވެ.
ކޮވިޑު-19 އާއި ގުޅިގެން ފާއިތުވި އަހަރުގެ މާޗު މަސް ތެރޭ ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައި ވީ ނަމަވެސް ކޮވިޑު-19 ގެ ކުރިން ފަތުރުވެރިން އަންނަ މިންވަރާއި ގާތަށްވެސް އަދި ފަތުރުވެރިން ނާންނަކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ