Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ޚާއްޞަ ޓުވީޓެއް ކުރައްވާފައެވެ. އެ ޓުވީޓުގައި އިންޑިޔާގެ ރައީސް ރަޝްތުރަޕާތީ ބަވަން އަދި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޓެގުކުރައްވައި، އެ ދެ ބޭފުޅުންނަށް ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.
އިންޑިޔާގެ ރައީސަށާއި އެ ޤައުމުގެ ބޮޑުވަޒީރު އަދި އެ ޤައުމުގެ އެންމެހައި ރައްޔިތުންނަށް އެ ޤައުމުގެ 72 ވަނަ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ރައީސް އަރިސްކުރެއްވިއެވެ. އަދި އެ ޤައުމުގެ ވެރިންނާއި ރައްޔިތުން އިހުތިފާލުކުރަމުންދަނީ ފެންވަރު ރަނގަޅު ދުސްތޫރެއް އެ ޤައުމަށް ލިބުމުގެ އުފާވެރި މުނާސަބާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ޤައުމުގެ ދުސްތޫރަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އެބައެއްގެ މައްޗަށް އެކުލެވޭ ސިންދަފާތު (ޑައިވާސް) މުޖުތަމަޢުތަކުގެ މަންޒިލް މަޤުޞޫދަށް މަގުދައްކާ އާރުކާޓީ ކަމުގައެވެ.
މި ލިއުމާއި ގުޅޭ