Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

އާ ފިނި ހަނގުރާމައެއް ނުފެށުމަށް ޗައިނާގެ ރައީސް ގޮވާލައްވައިފި

އާ ފިނި ހަނގުރާމައެއް ނުފެށުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ވެރިންނަށް ގޮވާލައިފިއެވެ.
ވާޗުއަލްކޮށް ބޭއްވުނު ވޯލްޑް އެކޮނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް ޝީ ވިދާޅުވީ، ފިނި ހަނގުރާމައެއް ފަށާއި އެއް ޤައުމު އަނެއް ޤައުމަށޤ ބިރުދައްކައި، ފުރައްސާރަކޮށް ހެދުމުން ދުނިޔެ އިތުރަށް ބައިބައި ވެގެންދާނެކަމަށެވެ. ބެލެވޭ ގޮތުގައި ރައީސް ޝީގެ މިވާހަކަތައް އަމާޒު ކުރެއްވީ އެމެރިކާގެ ރައީސް ޖޯބައިޑެން، ޗައިނާ އާއި ދެކޮޅަށް މަސައްކަތްކުރުމަށް އިއްތިހާދެއް އެކުލަވާލަން ކުރައްވާ މަސައްކަތަށެވެ.
ރައީސް ޝީ އިތުރަށް ވިދާޅުވި ގޮތުގައި ކުރިމަތިލުންތަކަށް ގޮސްގެން، ހުރިހާ ޤައުމެއްގެ މަސްލަހަތަށާއި ރައްޔިތުންގެ ދިރިއުޅުމަށް ނުރަނގަޅު އަސަރުތައް ކުރާނެކަމަށެވެ.
މިވަގުތު ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝީ ވިދާޅުވީ، އެކަންތައްތަކަށް އޮތް ހައްލަކީ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. މިގޮތުން، ދުނިޔޭގެ އިޤްތިސާދު ހުޅުވާލައި، ތަފާތުކުރުން ނައްތާލައި، ވިޔަފާރިތަކާއި އިންވެސްޓްމެންޓުތަކަށް ހުރި ހުރަސްތައް ނައްތާލުމަށް ޝީ ގޮވާލައްވާފައިވެއެވެ.
އަދި ޖީ20 ގެ ޤައުމުތަށް އިތުރަށް ބަދަހިކަމާއި އެކު މަސައްކަތްކޮށް، ދުނިޔޭގެ އިޤްތިސާދު ހިންގުމުގެ މައި ފޯރަމަކަށް ޖީ20 ހެދުމުގެ މުހިންމުކަންވެސް ޝީ ފާހަގަކުރެވެއެވެ. އަދި ދުނިޔޭގެ ކަންކަން ނިންމަންވާނީ، އެކި ޤައުމުތަކުން ވަކިވަކިން ކުރާ އަމުރުތަކެއްގެ ބަދަލުގައި، ހުރިހާ ޤައުމުތަކަށް އެއްބަސްވެވޭ ޤަވާއިދުތަކާއި ހަމަތަކުގެ މަތިންކަމަށް ޝީ ވިދާޅުވިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ވަނީ ޗައިނާ އާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން އެ ޤައުމުގެ ބައެއް ކުންފުނިތައް އެމެރިކާއިން މަނާ ކުރުމާއި، އޭޝިއާ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކުޑަކުރުމަށް އިންޑިއާ ފަދަ ޤައުމުތަކާއި އެކު އިއްތިހާދެއް ހެދުން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ