Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކާނާ

ރެސިޕީ: ޗޮކްލެޓް ބްރައުނީ

ފޮނި ކާއެއްޗެހީގެ ތެރެއިން ޗޮކްލެޓް ބްރައުނީއަކީ ފާހަޤަ ކޮށްލެވޭ ކާއެއްޗެކެވެ. އެކި މުނާސަބާތައް ފާހަގަ ކުރުމަށް ކައި އުޅޭ ބްރައުނީ ގެ މަގުބޫލުކަން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ތިރީގައި ވަނީ ފަސޭހަކަމާ އެކު ތައްޔާރު ކޮށްލެވޭ ބްރައުނީ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި

2.5 ޖޯޑު އައިސިންގ ހަކުރު
1.5 ޖޯޑު ފުށް
1 ޖޯޑު ކޮކޯ ޕައުޑަރ
1 ސައިސަމުސާ ކޮފީ
1 މޭޒުމަތީ ސަމުސާ ލޮނު
170ގ ޑާކް ޗޮކްލެޓް
3 ބިސް
¾ ޖޯޑު ކުކިންގ އޮއިލް
2 ސައިސަމުސާ ވެނީލާ އެސެންސް
ޕާޗްމަންޓް ޕޭޕަރު
ހަތަރެސްކަން ޓްރޭ

ހަދާނެ ގޮތް

1. އެންމެ ފުރަތަމަ އަވަން 10 މިނިޓަށް 170 ޑިގްރީ ހޫނުމިނުގައި ޕްރީހީޓުކުރާށެވެ.

2. ހުރިހާ ދިޔާ ތަކެތި ކުޑަ ބޯތައްޓެއްގައި 5-10 މިނިޓް ވަންދެން ރަނގަޅަށް އެއް ކޮށްލާށެވެ. އެއަށް ފަހު އެހެން ބޯ ތައްޓެއްގައި ހިކި ތަކެތި ކަމުގައިވާ ފުށާ، ހަކުރާ، ކޮކޯ ޕައުޑަރ، ކޮފީ، އަދި ލޮނު ރަނގަޅަށް އެއް ކޮށްލާށެވެ. ހިކި ތަކެތި އެއްކުރި ބޯތައްޓަށް ޑާކް ޗޮކްލެޓް ކުދި ކުދި ކޮށްފައި އަޅަލާށެވެ. ޑާކް ޗޮކްލެޓްގެ ބަދަލުގައިޗްކްލެޓް ޗިޕްސް ވެސް ބޭނުން ކުރެވިދާނެއެވެ. ބޮޑު ބޯތައްޓެއްގައި އެއްކުރެވިފައިވާ ދިޔާ ތަކެއްޗާއި ހިކި ތަކެތި މަޑުމަޑުން "ފޯލްޑް" ނުވަތަ އެއްކުރާށެވެ.

2. ޓްރޭ ތެރޭގައި ޕާޗްމަންޓް ޕޭޕަރު ބޭވުމަށްފަހު ބޯތަށީގައި ހުރި އެއްކުރެވުނު އެއްޗެހި މަޑުމަޑުން ޓްރޭތެރެއަށް އޮއްސާލާށެވެ. އަދި ސަމުލަސަލަކުން މަތި އޮމާން ކޮށްލާށެވެ.

4. ޓްރޭ އަވަނަށްލުމަށްފަހު 170 ޑިގްރީ ހޫނުމިނުގައި 35 މިނެޓްއަށް ފިހާށެވެ. ފިހެވުމުން އަވަނުން ޓްރޭ ނަގާ ހީހޫ ކުރުމަށް ފަހު ބްރައުނީ ފޮތި ފޮތިކޮށްލާށެވެ.

ފިނި ކިރު ތައްޓަކާ އެކު ނުވަތަ އައިސްކްރީމް އަޅައިގެން ބްރައުނީ ކެވިދާނެއެވެ.

މި ލިއުމާއި ގުޅޭ