Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

މިސްކިތުގައި ދިވެއްސަކަށް ހަމަލާދިން އިންޑިޔާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ހުޅުމާލޭގެ އަޒީޒާ މިސްކިތުގައި ނަމާދަށްހުރި ދިވެއްސަކަށް ހަމަލާދިން އިންޑިޔާ މީހާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.
ހުޅުމާލެ ޢަޒީޒާ މިސްކިތުގައި ނަމާދަށްހުރި އުމުރުން ދުވަސްވީ ދިވެއްސަކަށް މިސްކިތު ތެރެއިން ހަމަލާދިން މައްސަލާގައި އެ ދުވަހު ފުލުހުން ހައްޔަރުކުރި އިންޑިޔާ މީހާ ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތެއް ކަނޑައެޅިއެވެ. މިއަދަކީ އެއިރު ކޯޓުން އޭނާ ބަންދުކުރުމަށް ދިން މުއްދަތު ހަމަވި ދުވަހެވެ.
އޭނާގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން ނޫސްވެރިން ފުލުހުންނާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ، އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް މިއަދު ކޯޓުން އިތުރު 5 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.
އަޒީޒާ މިސްތުގެ ތެރެއިން އުމުރުން ދުވަސްވީ ދިވެއްސަކަށް އިންޑިޔާ މީހަކު ހަމަލާދިނީ ނުބައިވަސް ދުވާތީއޭ ބުނެ ކަމަށް ފުލުހުން ބުނި ނަމަވެސް މި ހަމަލާ އަމާޒުވި ދިވެހި މީހާ ކިޔައިދީފައިވާ ގޮތުން އިންޑިޔާ މީހާ ހަމަލާދިނުމުގެ ކުރިން އެފަދަ އެއްވެސް ވާހަކައެއް ދައްކާފައިނުވެއެވެ. އޭނާ އެހީތެރިކަން ބޭނުންތޯ ސުވާލުކުރުމަށްފަހު ގައަށް އަތްލައި މާރާމާރީ ހިންގީއެވެ.
މި ލިއުމާއި ގުޅޭ