Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވިއަން

މޯލްޑިވިއަންގެ އޮންލައިން ޓިކެޓް ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފި

ޤައުމީ އެއާލައިން މޯލްޑިވިއަން އިން ކުރަށް ގެންދާ އޮންލައިން ޓިކެޓުގެ ޚާއްޞަ ޕްރޮމޯޝަނުގެ މުއްދަތު އެ ކުންފުނިން އިތުރުކޮށްފިއެވެ.
މީގެ ކުރިން މި ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައިވަނީ މި މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ. މި ޕްރޮމޯޝަނަކީ އޮންލައިންކޮށް ޓިކެޓު ގަންނަ ކޮންމެ ފަރާތަކަށް %10 ގެ ޑިސްކައުންޓު ލިބޭ ގޮތަށް ހިންގާ ޕްރޮމޯޝަނެކެވެ.
މޯލްޑިވިއަނުންވަނީ މި ޕްރޮމޯޝަން ކުރިއަށް ގެންދާ މުއްދަތު އިތުރުކޮށް މި އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހާ ހަމައަށް މި ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައެވެ.
ދަތުރުކުރާ މުއްދަތުގެ 7 ދުވަސްކުރިން ޓިކެޓު ނަގާނަމަ މި ޕްރޮމޯޝަނުގެ ދަށުން 10 އިންސައްތައިގެ ޑިސްކައުންޓު ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވާން ފަރާތްތަކުން އެންމެ ފަހުން ޓިކެޓް ނެގޭނެ ދުވަހަކީ މާޗު މަހުގެ 31 ވަނަ ދުވަހެވެ.
މި ލިއުމާއި ގުޅޭ