Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރު

ގޭގެ ފޮޓޯ އަދި ވީޑިއޯ ދައްކާ ޕްރޮގްރާމެއްގައި ބައިވެރިނުވުމަށް ސަރުކާރު މުވައްޒަފުންނަށް އަންގައިފި

ދިރިއުޅޭ ގޭގެ ފޮޓޯ އަދި ވީޑިއޯ ހަދާ ޕްރޮގްރާމްތަކުގައ ބައިވެރިނުވުމަށް ސަރުކާރު މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް އަންގަމުންދާކަމަށް އާންމު އެކުވެރިންގެ ގުޅުން (އޭއީޖީ) ޖަމިއްޔާއިން ބުނެފިއެވެ.
އޭއީޖީ އިން ދަނީ ހިޔާ ފްލެޓަށް ކުރިމަތިލައި، އެ ފްލެޓު ލިބިފައިވަނިކޮށް ރައީސް ސޯލިހް އުފެއްދެވި ފްލެޓު ކޮމިޓީން އަލުން އިވެލުއޭޓުކޮށް ފްލެޓު ނުލިބޭނެކަމަށް ނިންމި ފަރާތްތަކުގެ ގެތަކަށް ޒިޔާރަތްކޮށް އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދައްކުވައިދޭ ވީޑިއޯތައް ތައްޔާރުކުރަމުންނެވެ. އޭއީޖީ އިން ބުނެފައިވާ ގޮތުގައި، އެ ޖަމިއްޔާގެ ވީޑިއޯ ސްޓޯރީތަކުގައި ބައިވެރިވުމަށް މީގެ ކުރިން އެދުނު ބައެއް ފަރާތްތަކުން ވަނީ، މިހާރު އެކަމުގައި ބައިވެރިނުވެވޭނެ ކަމަށް އަންގާފައެވެ. އަދި އެގޮތަށް އަންގާފައިވަނީ، ސަރުކާރުން އެފަދަ އެއްވެސް ކަމެއްގައި ބައިވެރުނުވުމަށް އެންގުމުން ކަމަށްވެއެވެ.
ފްލެޓު ގެއްލުނު ގިނަ މީހުންގެ ތެރެއިން އޭއީޖީ އިން އެބައެއްގެ ވާހަކަ އެންމެ ގިނައިން ގެނެސްދިނީ، އަދި ގެނެސްދޭން ބޭނުންވާ މީހުންނަކީ ސަރުކާރާއި، ސަރުކާރު ކުންފުނިތަކުގެ ވަރަށް ދަށް ފަންތީގެ ވަޒީފާތަކުގައި އުޅޭ މީހުންނެވެ. އެފަދަ މީހުން މިހާރު ވަނީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް އެފަދަ ވީޑިއޯތަކުގައި ބައިވެރިނުވާން ނިންމާފައެވެ.
"އެމީހުން ވާހަކަ ގެނެސްދެނީ އެމިހުންގެ ފްލެޓު އަތުލީމައިއެވެ. ސިޔާސީ ވާކަށެއް ނޫނެވެ. ދައްކަނީވެސް ތެދު ހަގީގަތެވެ." އޭއީޖީ އިން ބުނެފައިވެއެވެ.
އޭއީޖީ އިން ވަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ނިކަމެތިންނަށް ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ދިރިއުޅުމުގެ ހާލަތު ކިޔައިދީ ފްލެޓު ނިގުޅައިގަތްގޮތް ކިޔައި ދިނުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް އޮންނާނެކަމަށާއި އެ މިނިވަންކަމަށް އަރައިނުގަތުމަށް އޭއީޖީއިން ވަނީ ގޮވާލާފައެވެ.
ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބޭ ފަރާތްތަށްވެސް، ސަރުކާރާއި ދެކޮޅު އެއްވެސް ހިޔާލެއް، ސޯޝަލް މީޑިއާގައި، އަދި އެހެން މީހެއްގެ ގާތުގައިވެސް ފާޅުނުކުރުމަށް އަންގައި ދާދިފަހުން ސަރުކާރުން ވަނީ އުސޫލެއް ހަދާފައިކަން ފާހަގަކުރެވެއެވެ.
މި ލިއުމާއި ގުޅޭ