Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

މިދިޔަ އަހަރު އެންމެ ގިނަ ބޭރުގެ އިންވެސްޓްމެންޓް ލިބުނު ޤައުމަކަށް ޗައިނާ

ފާއިތުވި 2020 ވަނަ އަހަރު ބޭރުގެ އެންމެ ގިނަ އިންވެސްޓްމެންޓް ލިބުނު ޤައުމަކަށް ޗައިނާވެއްޖެއެވެ.
މިގޮތުން އެޤައުމަށް މިދިޔަ އަހަރު 163 ބިލިއަން ޑޮލަރު ބޭރުގެ އިންވެސްޓްމެންޓް ތަކުގެ ގޮތުގައި ލިބުނެވެ. ދެވަނައަށް އެންމެ ގިނަ އިންވެސްޓްމެންޓް ލިބުނު އެމެރިކާއަށް ލިބުނީ 134 ބިލިއަން ޑޮލަރެވެ. މި އަދަދުތައް ހާމަކޮށްފައިވަނީ ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް (ޔޫއެންސީޓީއޭޑީ) އިންނެވެ.
2019 ވަނަ އަހަރު އެމެރިކާއަށް ބޭރުގެ އިންވެސްޓްމެންޓުގެ ގޮތުގައި 251 ބިލިއަން ޑޮލަރު ވަދެފައިވާއިރު އެ އަަހަރު ޗައިނާއަށް ވަދެފައިވަނީ 140 ބިލިއަން ޑޮލަރެވެ. ފާއިތުވި އަހަރު ކޮވިޑު-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިސާދު ހުއްޓުމަކަށް އައި ނަމަވެސް އަހަރުގެ ފަހު ކުއާޓާގައި ޗައިނާއިން ވަނީ، އިޤްތިސާތީ ކުރިއެރުން ހޯދާފައެވެ. އަދި މިއަހަރު ޗައިނާގެ އިޤްިތިސާތު އިތުރަށް ފުޅާވާނެކަމަށް ޔޫއެންސީޓީއޭޑީއިން ލަފާކުރެއެވެ.
ޗައިނާގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންވަރު ފާއިތުވިއަހަރު 2.3 އިންސައްތައިން އިތުރުވިއިރު އެ ޤައުމު ވެގެން ގޮސްފައިވަނީ ބޮޑެތި އިޤްތިސާދުތަކުގެ ތެރެއިން 2020 ވަނަ އަހަރު އިޤްތިސާދު ކުޑަ ނުވާ ހަމައެކަނި ޤައުމަށެވެ.
މި ލިއުމާއި ގުޅޭ