Sunday 7th Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ތުހުމަތުވާ މީހަކު ދޫކޮށްލުމުން ޕީޖީން އިސްތިއުނާފުކުރަން ނިންމައިފި

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ތުހުމަތުވާ މީހަކު ކުރިމަނަލް ކޯޓުން ދޫކޮށްލަން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހައިކޯޓުގަިއ އިސްތިއުނާފުކޮށްފިއެވެ.
މި މައްސަލައަކީ އިރުއަލިމަސް ނަމަކަށް ކިޔާ ދޯންޏެއްގައި ގާތްގަނޑަކަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން އަޙްމަދު ވިސާމް ދޫކޮށްލަން ކުރިމިނަލް ކޯޓުން މި މަހުގެ 24 ވަނަ ދުވަހު ނިންމި ނިންމުމެކެވެ. ވިސާމް ދޫކޮށްލާފައިވަނީ އޭނާއަށް ޖަލުގައި ހުރެ ލިބެންޖެހޭ ޙައްޤުތައް ނުލިބޭކަން ފާހަގަކޮށެވެ. އެގޮތުން ބޭސްފަރުވާ ނުލިބި ދިގުލައިގެން ގޮސްފައިވާކަން ކުރިމިނަލް ކޯޓުން ފާހަގަކޮށްފައިވެއެވެ.
މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ މޑިޔާ އޮފިޝަލު ވިދާޅުވީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފުކުރުމާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ފާހަގަކުރީ ކުރިމިނަލް ކޯޓުން ދޫކޮށްލި އަޙްމަދު ވިސާމުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ހިމެނޭ ގޮތަށް މި މައްސަލާގައި 11 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކު ކުރުމުގެ ދައުވާ އުފުލާފައިވެއެވެ.
ޕީޖީން އިތުރަށް ފާހަގަކުރީ މި މައްސަލާގައި ވިސާމު ފިޔަވައި ތުހުމަތުވާ 10 މީހުންވެސް ތިބީ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ކަމެވެ. އަދި ވިސާމަކީ މަސްތުވާތަކެތި އެތެރެކުރި މި ވިއުގައިގެ އެންމެ އިސްމީހާ ކަމަށާއި، މުޅި އޮޕަރޭޝަނުގައި އެންމެ އިސްކޮށް ހުންނަނީ އޭނާ ކަމަށް އިންޓެލިޖެންސްއިން މައުލޫމާތު ލިބިފައިވާ ކަަމށް ޕީޖީން ބުންޏެވެ.
މި ލިއުމާއި ގުޅޭ