Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިޔާސީ މަޤާމު

ސިޔާސީ މުވައްޒަފުންނަށް ސަރުކާރާއި ދެކޮޅު ހިޔާލު ފާޅުކުރުން މަނާކޮށްފި

ސިޔާސީ މުވައްޒަފުންނަށް ސަރުކާރާއި ދެކޮޅު ހިޔާލު ފާޅުކުރުން މަނާ އުސޫލެއް ސަރުކާރުން ހަދައިފިއެވެ.
ސިޔާސީ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލު ރައީސް ސޯލިހްގެ ސަރުކާރުން އަލުން އެކުލަވާލައި މިއަދު އާންމުކޮށްފައިވާއިރު އެ އުސޫލުގައި ވާގޮތުން ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގެނެ އެ ނިންމުންތަަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހެއެވެ. އަދި އެ ނިންމުންތަކާއި މެދު ހިޔާލު ތަފާތުވިނަމަވެސް، އެ ކަމާއި ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތު އާއި އާންމު ތަންތާގައި، ނުވަތަ މީޑިއާގައި އަދި ސޯޝަލް މީޑިއާގައި ލިޔެ ހިޔާލު ފާޅުކޮށް ހެދުމަކީ މަނާކަމެކެވެ.
މީގެ އިތުރުން އެ އުސޫލުގައި ބުނެފައިވަނީ، ސިޔާސީ މުވައްޒަފުން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި، ރައީސުލްޖުމްހޫރިއްޔާ އަށާއި، ނައިބު ރައީސަށާއި، މުވައްޒަފު ވަޒީފާ އަދާކުރާ ދާއިރާގެ ވަޒީރަށް ނުވަތަ އޮފީހުގެ އިސްވެރިޔާއަށް ފުރިހަމައަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. އަދި ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް އަބަދުވެސް އިސްކަން ދިނުމާއި އެކު، ސަރުކާރުގެ ސިޔާސަތާއި ތަފާތު ވިސްނުމެއް ނުވތަ މުވައްޒަފުގެ މަސްއޫލިއްޔަތާއި ފުށޫއަރާ ކަމަކަށް މަގުފަހި ވެދާނެ އުސޫލުތަކެއް ގެންގުޅެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން އެއްވެސް މީހެއްގެ އަބުރާއި އިއްޒަތަށް އުނިކަން ލިބޭފަދަ އެއްވެސް އަމަލެއް ނުކުރުމަށާއި، މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން އަމިއްލަ މަންފާޢެއް ހާސިލު ކުރުމަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހާސިލުކޮށްދޭން މަސައްކަތް ކޮށްގެން ނުވާނެ ކަމަށްވެސްވެއެވެ.
އަދި ސަރުކާރުގެ އެއްވެސް މުދަލެއް، ނޫނީ ފައިސާއެއް އަދި ވަސީލަތެއް މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަކަށް ނޫނީ ބޭނުން ނުކުރުމަށާއި ސިވިލް ސާވިސްގެ މުވައްޒަފަކު ލައްވާ ޤާނޫނާއި ސިވިލް ސާވިސް ގެ ގާނޫނާއި ހިލާފުވާން ބާރުލިބޭ ފަދަ އެއްވެސް ކަމެއް ކުރުވައިގެން ނުވާނެ ކަމަށްވެސް އެ އުސޫލުގައިވެއެވެ. މީގެ އިތުރުން މަގާމުގެ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ އެއްވެސް މައުލޫމާތެއް، އަމިއްލަ މަސްލަހަތެއް ހާސިލު ކުރުމަށް ނުވަތަ އާއިލީ ގުޅުމެއް އޮތް ނުވަތަ ރައްޓެހިކަމުގެ ގުޅުމެއް އޮތް ނުވަތަ އެނޫން ވެސް ގުޅުމެއް އޮތް މީހެއްގެ މަސްލަހަތެއް ހާސިލު ކުރުމަށް ބޭނުން ކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން، ރަސްމީ ގަޑީގައި އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމާއި ވަޒީފާއަށް ހާޒިރު ނުވާ ދުވަސްދުވަހު މުސާރަ ކެނޑުން ފަދަކަންކަން މި އުސޫލުގައި ހިމަނާފައިވެއެވެ.
މި ލިއުމާއި ގުޅޭ