ދިވެހި ރުފިޔާއަށް ހާއްސަ ނިޝާނެއް ބޭނުން ކުރަން ނިންމައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން މިއަދު ވަނީ ދިވެހި ރުފިޔާއަށް ބޭނުންކުރާނެ ނިޝާނެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް މުބާރާތެއް ބޭއްވުމަށް ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެމްއެމްއޭއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ. އަދި އެ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20،000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްއެވެ.
އެ ނިޝާނަކީ ކާނާތުން ވައަތަށް އަދި ވަތައުން ކަނާތަށް ލިޔާ ބަސްތަކުގައިވެސް ބޭނުން ކުރެވޭ ފަދަ ނިޝާނަކަށް ވާންވާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.