Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

އިންޑިއާ ސަފީރުގެ ގެކޮޅު ކުރިމަތީ މުޒާހަރާ ކުރަނީ

ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު، ސަންޖޭ ސުދީރުގެ ގެކޮޅު ކުރިމަތީގައި އާންމުންގެ ބަޔަކު މުޒާހަރާ ކުރަމުން އެބަދެއެވެ.
50 އަކަށް މީހުން މުޒާހަރާ ކުރަމުންދާއިރު އެ މީހުން ގޮވާލަމުން ދަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭލުމެވެ. އަދި "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތަކެއް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގެންގުޅެމުންނެވެ.
އިންޑިއާ ސަފީރު ދިރިއުޅުއްވަނީ ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ އެޕާޓްމެންޓެއްގައެވެ.
އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ "އިންޑިއާ އައުޓް" ހަރަކާތަކީ ހަރުކަށި ފިކުރުގެ އަމަލެއް ކަމަށް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ގިނަ އަދަދަކަށް އިންޑިއާ ސިފައިން މިހާރު ތިބޭ އިރު އެ ސިފައިންގެ އަދަދު ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އަދި އެ މައްސަލަ މިހާރު ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ.
މި ލިއުމާއި ގުޅޭ