Friday 26th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ އަގުބޮޑު 4 މަސް

ޒަމާނުއްސުރެ މަހަކީ ދިވެހިންގެ ކެއުމުގައި ހިމެނޭ އެންމެ މުހިއްމު އެއް ބާވަތެވެ. ދިވެއްސެއްގެ 03 އިރުގެ ކެއުމަށް ބަލާއިރު މަހުގެ ބާވަތެއް ނުހިމަނާ ކެއުމަކީ ނާދިރު ކަމެކެވެ. ހެނދުނުގެ ސަޔަށް ޑިސްކު މަސްހުނި ނޫނީ ކުޅިމަސް ކައިގެން މެނދުރު ކަނީ ބަތާ ގަރުދިޔައެވެ. ހަވީރު ސަޔަށް ހެދިކާ ކައި، ރޭގަނޑުގެ ކަނީ މަސް ރިހައާއި ރޮށްޓެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް މަހުގެ ބާވަތްތައް ނުވަތަ "ސީފުޑް" ގެ މަޤުބޫލުކަން ވަރަށް ބޮޑެވެ. އެގޮތުން މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ދުނީޔޭގެ އެންމެ އަގުބޮޑު 4 މަހުގެ ބާވަތަށެވެ.

4. ރީނދޫ އުރަހަ ކަންނެލި (ޔެލޯ ފިން ޓޫނާ)

ލިސްޓުގެ 04 ވަނައިގައިވާ ރީނދޫ އުރަހަ ކަންނެއްޔަކީ ރާއްޖޭގައި ދޮށީގެ މަސްވެރިކަމުގައި ދެވަނަ އަށް އެންމެ ގިނައިން ބާނާ މަހެވެ. ލޭނުއަޅައިގެންނާއި ދިރޭ އެންޖަހައިގެން މި މަސް ރައްޖޭއާއި ރާއްޖެއިން ބޭރުގައި ބާނައެވެ. އެމެރިކާގައި މި މަހުގެ އަގު އުޅެނީ ކިލޯއެއް 100 ޑަލަރާއި 160 ޑޮލަރާ ދެމެދުގައެވެ.

3. ކަންނެލި ހިބަރު (ސްވޯޑްފިޝް)

ދިވެހިން މި މަސް ބާނާ އުޅެނީ ވަދުގައްޔާ ލޭނުގައިއެވެ. މި މަހުގެ އެންމެ ހާއްސަ އެއް ސިފައަކީ މަހުގެ މަތީ ތުން އިންނަނީ ދިގުކޮށް ކަނޑިއެއް ހެންނެވެ. މިމަސް އެންމެ ބޮޑު ވަނީ 4.5 މީޓަރަށެވެ. ބޭނުން ފަސޭހަކަމަކަށް ނުވާތީވެ މި މަހުގެ ޑިމާންޑް ބޮޑުވެ އަގު ވަރަށް މައްޗެވެ. އެގޮތުން ކިލޯ އެއް އުޅެނީ 100 ޑޮލަށް ވުރެ މަތީގައެވެ.

2. ކޮލި (ޕަފާ ފިޝް)

ކޮއްޔަކީ ދިވެހިން ކައި އުޅޭ މަހެއް ނޫނެވެ. އެއީ ކޮއްޔަކީ ވިހަގަދަ މަހަކަށް ވާތީއެވެ. ޖަޕާނުގައި ކޮލީގެ 22 ބާވަތެއް ކެއުމުގެ ހުއްދަ ދީފައިވެއެވެ. އެހެން ނަމަވެސް މި މަސް ކެއުމަށް ތައްޔާރު ކުރެވޭނީ އެކަން ކުރުމުގެ ތަމްރީނު ފުރިހަމަ ކޮށް ސަނަދު ހާސިލު ކޮށްފައިވާ ފަރާތްތަކަށެވެ. މި މަހުގެ ކިލޯއެއްގެ އަގު 200 ޑޮލަރަށް އަރައެވެ.

1. ނޫ އުރަހަ ކަންނެލި (ބްލޫ ފިން ޓޫނާ)

2019 ވަނަ އަހަރު ޓޯކިއޯގައި ހިންގާ ސުޝީ ރެސްޓޯރަންޓް ޗެއިން "ސުޝީޒައްމާއީ" އިން، ބަރުދަނުގައި 278 ކިލޯ ހުރި ކަންނެޔެއް ގަނެފައި ވަނީ 3.1 މިލިއަން ޑޮލަރު އަށެވެ. މިއީ ދުނިޔޭގެ އެންމެ އަގު ބޮޑު މަހުގެ ބާވަތެވެ. އަދި މިއީ ދިވެހިންގެ މެދުގައިވެސް މަގުބޫލު މަހެކެވެ.

މަހުގެ ޑިމާންޑު ބޮޑު މި ޤައުމުގައި މަސް ބާނާ، މަސް ވިއްކައިގެން އާމްދަނީ ހޯދާ އާއިލާތައް ވަރަށް ވެސް ގިނައެވެ.

މި ލިއުމާއި ގުޅޭ