Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބިޓްކޮއިން

އަނެއްކާވެސް ބިޓްކޮއިނުގެ އަގު ދަށަށް

ބިޓްކޮއިނުގެ އަގު މައްޗަށް އެރުމަށްފަހު އަނެއްކާވެސް އަގު ވެއްޓި، 30،000 ޑޮލަރަށްވުރެ ދަށަށް ބިޓްކޮއިނުގެ އަގު ހުކުރުދުވަހު ހިނގައްޖެއެވެ. އަގަށް އައި މި ބަދަލާއެކު ކްރިޕްޓޮކަރަންސީ ބޫމާމެދު ބޮޑެތި ސުވާލުތަކެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

އޭޝިޔާގެ ޓްރޭޑިންއަށް ބަލާއިރު ބިޓްކޮއިނުގެ އަގު %7.7 ދަށަށް ގޮސް ގާތްގަނޑަކަށް 28،818 އެމެރިކާ ޑޮލަރަށް ވެއްޓުނެވެ. އެއަށްފަހު މަޑުމަޑުން ބިޓްކޮއިނުގެ އަގު އުފުލި 30،000 ޑޮލަރަށްވުރެ ކުޑަ ތަންކޮޅެއް މައްޗަށް އުފުލިގެން ދިޔައެވެ. މާޗު މަހުގައި ކޮވިޑް ބަލިމަޑުކަމުގެ އަސަރު މާލީ ބާޒާރުތަކަށް ވާސިލުވީ ފަހުން، މިއީ ބިޓްކޮއިނަށް ކުރިމަތިވާ އެންމެ ދަށް ހަފުތާއެވެ.

އޮސަންޑާ ޔޫރަޕުގެ ބާޒާރުގެ އަގުތައް ތަހުލީލުކުރައްވާ މުހައްލިލު ކްރެއިގް އާލަމް ބްލޫމްބާގު ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި އަގުގައި ބިޓްކޮއިން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި މިހާރު ހުރި އަގަށްވުރެ ދަށަށް ދިއުމަކީ ކުރު ރާސްތާގައި ބިޓްކޮއިނާއި ޖުމްލަކޮށް ކްރިޕްޓޮކަރަންސީއަށް ވަރަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމުގައިވެސް އޭނާ ފާހަގަކުރިއެވެ. އަދި 20،000 ޑޮލަރާ ހަމައަށް އަގު ދަށްވުމަކީ އެކަށީގެންވެއެވެ.

ބިޓްކޮއިނުގެ އަގު ޖަނަވަރީ މަހުގައި ގާތްގަނޑަށް 42،000 ޑޮލަރަށް އަރައިގެން ދިއުމާއެކު، ބިޓްކޮއިނުގެ އަގަށް އައި ހެޔޮ ބަދަލުގެ ފަހަތުގައިވާ ސަބަބާ ގުޅޭ ބޮޑު ބަހުސެއް އުފަންވިއެވެ. ބިޓްކޮއިން ފަންޑާއި، ބިލިއަނަރުންނާއި، ދުވާލު ވިޔަފާރިކުރާ މީހުންނާއި، މުއައްސަސީ ފެންވަރުގައި އިންވެސްޓުކުރާ އިންވެސްޓަރުންނަކީ ބިޓްކޮއިނުގެ އަގު އުފުލުނު ސަބަބުތައް ކަމުގައި ބައެއް މީހުން ބުނާ ސަބަބުތަކެވެ.

ބައެއް މުހައްލިލުން ދެކޭ ގޮތުގައި މި ހަފުތާގައި ބިޓްކޮއިނުގެ އަގު ވެއްޓުމަށް މެދުވެރިވި އެއް ސަބަބަކީ ކްރިޕްޓޮ ކަރަންސީއަކީ ޓެރަރިސްޓުންނާއި މުޖުރިމުން މާލީ ކަންކަމުގައި ބޭނުންކުރާ ވަސީލަތެއް ކަމަށް ދޭހަވާ ގޮތަށް، އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ (ފިނޭންސް މިނިސްޓަރު)ގެ މަޤާމަށް ބައިޑެން އައްޔަންކުރެއްވި ޖަނެޓް ޔެލެން ވިދާޅުވުމެވެ.

މި ލިއުމާއި ގުޅޭ